ކ. މާލެ
|
13 ޖެނުއަރީ 2019 | އާދީއްތަ 01:05
ކޮކާ ކޯލާއިން ބޭއްވި އިވެންޓްގެ ތެރެއިން
ކޮކާ ކޯލާއިން ބޭއްވި އިވެންޓްގެ ތެރެއިން
މުހައްމަދު ޝަރުހާން
ކޮކާ ކޯލާގެ ޕްރޮމޯޝަން
ކޮކާ ކޯލާގެ ޕްރިމިއަރ ލީގް ޕްރޮމޯޝަން ފަށަނީ
 
ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާހުކޮށް ދެއްވީ ޤައުމީ ޓީމްގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދު
 
މި ޕްރޮމޯޝަން ކުރިއަށްދާނީ ޖެނުއަރީ 15 - ފެބްރުއަރީ 28 ވަނަ ދުވަހާ ހަމައަށް

ކޮކާކޯލާގެ ޕްރިމިއަރ ލީގް 2019 ޕްރޮމޯޝަން ފަށަން އެކުންފުނިން ނިންމައިފިއެވެ.

މި ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޤައުމީ ޓީމްގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދެވެ.

ކޮކާކޯލާގެ ފަރާތުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެންގޮސް ފެބްރުއަރީ 28 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް 300ml, 500ml, 1.25 ltr ގެ ރަން ކުލައިގެ މަތިގަނޑުލީ ފުޅީގެ ދަށުގައިވާ ކޯޑު 2626އަށް އެސްއެމްއެސް ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެގެން ގުރުއަތު ހޮވޭ ހަތް މީހަކަށް، ދެ މީހެއްގެ ހުރިހާ ހަރަދެއް އެކުލެވިގެންވާ ދަތުރެއް އިނގިރޭސިވިލާތަށް ކުރުމުގެ ފުރުސަތު ލިބި، އެ ޤައުމުގައި ޕްރިމިއަރ ލީގް މެޗްތައް ލައިވްކޮށް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ހޮވާ ނަސީބުވެރިންނަށް ޓީވީއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮކާ ކޯލާގެ އޮފަރޭޝަންސްގެ ޖެނެރަލް މެނޭޖަރު މިލިންދް ދެރްސާރީ ވިދާޅުވީ، ރާއްޖޭގެ ކުޑަކުދިންނާއި ބޮޑެތި މީހުން ފުޓްބޯޅައަށް ލޯބިކުރާ ކަމަށެވެ. އަދި ކޮކާކޯލާގެ މަޤްސަދަކީ އެފަރާތްތަކަށް މިކަހަލަ ރަނގަޅު ޕްރޮމޯޝަންތައް ގެނެސްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮކާ ކޯލާ އިން ވަނީ ދާދިފަހުން ޕްރިމިއަރ ލީގާއެކު ޕާޓްނަރޝިޕް އެގްރީމަންޓެއް ހަދާފައެވެ.

މިދިޔަ އަހަރު ކޮކާކޯލާގެ ފަރާތުން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ވާރލްޑް ކަޕް ބެލުމަށް އެކުންފުނިން ވަނީ ރަޝިއާއަށް ވެސް ފޮނުވާފައެވެ.

ކޮކާ ކޯލާގެ ބުއިންތަކަކީ ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ އާންމުންގެ ތެރޭގައި މަޤްބޫލް ބުއިމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް