މަންތާ އެއަރގެ ދެވަނަ މަތިންދާ ބޯޓު ރާއްޖެ ގެނެސްފިއެވެ.
މަންތާ އެއަރ އިން ރާއްޖެ ގެނެސްފައިވަނީ އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯކެޓެވެ. މި ބޯޓަކީ 68 މީހުންނާއި 78 މީހުންނާ ދެމެދުގެ ޢަދަދަކަށް ފަސިންޖަރުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާ ބޯޓެކެވެ. އެ އެއާލައިންގެ ފުރަތަމަ ބޯޓް ގެނެސްފައިވަނީ ނޮވެމްބަރު މަހުއެވެ.
އެތެރޭގެ އުދުހުންތަކަށް މަންތާ އިން 3 މަތިންދާ ބޯޓު ރާއްޖެ ގެންނަން ހަމަޖެހިފައި ވާއިރު އަންނަ އަހަރުގެ ކުރީ ކޮޅު ތިން ވަނަ މަތިންދާ ބޯޓު ރާއްޖެ ގެންނާނެ ކަމަށް އެ އެއަރއިން ބުނެއެވެ.
މަންތާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ އެންމެ ފުރަތަމަ ދަތުރު މާލެއިން ކުޑަހުވަދޫ އަށް ފަށަން ނިންމާފައިވާ ކަމަށާއި އެއަށްފަހު ދެން ދަތުރުތައް ފަށާނީ ދަރަވަންދޫ އަދި ތިމަރަފުއްޓަށް ކަމަށެވެ.
ހަލީލް އިތުރަށް ވިދާޅުވީ މަންތާ އެއާގެ ޝެޑިއުލްތައް ރާވަން ނިންމާފައިވަނީ ކޮންމެ ހަ މަހަކުން ކަމަށާއި އެކަމުގެ ސަބަބުން ބުކިންގް ހަދާ ފަސިންޖަރުންނަށް ވަރަށް ބޮޑަށް ދަތުރުތައް ރޭވުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.
މަންތާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ފަށާ ތިންވަނަ އެއާލައިން އެވެ. މިވަގުތު އެތެރޭގެ އުދުހުންތަކުގައި މަންތާގެ އިތުރުން ޤައުމީ އެއާރލައިން މޯލްޑިވިއަންގެ އަދި ފްލައިމީ ހަރަކާތްތެރިވެ އެވެ.
މަންތާ ސީޕްލޭން ދަތުރުތައް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެ އެވެ.