ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 13:28
ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންނެވުން
ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންނެވުން
ރާއްޖެއެމްވީ
ރައީސް ނަޝީދު 2018
ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި
މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން މަޝްވަރާކުރި
ޕޮލެންޑްގައި ބޭއްވި ކޮޕް 24 ސަމިޓްގައި ބައިވެރިވި
އެންވާރްމަންޓް މިނިސްޓަރ ވެސް ބައިވެރިވެފައިވޭ

ޕޮލެންޑްގައި ބޭއްވި ތިމާވެށީގެ ބައްދަލުވުމެއް ކަމަށްވާ ކޮޕް 24 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

އެ ބައްދަލުވުމުގައި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރާ އަސަރާއި ދިމާވާ ކަންކަން އެއްކިބާވުމަށް ކުރެވެން ހުރި މަސައްކަތަކީ ކޮބައިތޯ ބެލުމާއި އެކަމާއި ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް ފުރާވަޑައިގަންނަވަމުން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ފިނިހޫނުމިން މިހާރު ހުރި މިންވަރަށް ވުރެ 1.5 ޑިގްރީ މަތި ވިޔަސް އެއީ ރާއްޖެ ފަދަ ގައުމުތަކަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރެވޭތޯ މަސައްކަތް ކުރުމަށް ނަޝީދު ވަނީ ޤައުމުތަކަށް ގޮވާލާފައެވެ.

ނަޝީދުގެ އިތުރުން އެންވާރްމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވެސް މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

- ކޮމެންޓް