ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 15:29
ޔޫސުފް އަލްހިންދިއްޔު؛ އެމްބިއުލާންސް ޑްރައިވަރެއް
ޔޫސުފް އަލްހިންދިއްޔު؛ އެމްބިއުލާންސް ޑްރައިވަރެއް
ރޮއިޓާސް
ފަލަސްތީން-އިސްރާއީލް ހަނގުރާމަ
ޣައްޒާގައި އެމްބިއުލާންސް ދުއްވާ ޔޫސުފްއާއެކު ވަގުތުކޮޅެއް...
 
އިޒްރޭލުން ހިސޯރުކޮށްފައި އޮތް ޣައްޒާގައި، އެމްބިއުލާންސް ދުއްވާ މީހެއްގެގޮތުގައި ޔޫސުފް މަސައްކަތްކުރާތާ މިހާރު 10 ވަރަކަށް އަހަރުވެއްޖެ
 
އެމްބިއުލާން ދުއްވުމުގެ އިތުރަށް، ޔޫސުފްއަކީ ވައްޓާލާފައިވާ އިމާރާތްތަކުގެ ދަށުން މީހުންގެ ހަށިތައް ނެގުމުގެ އަމަލީ މަސައްކަތުގައިވެސް އުޅޭ މީހެއް

އުފަން ވަޒަނަށްޓަކައި އައްޑަނައަކަށް މޭ ދިއްކޮށްލަންޖެހޭ ވަގުތު، ފަސްޖެހުމެއްނެތި އެކަން ކުރަން ކެރެނީ ނިސްބަތުން މަދު ބަޔަކަށޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުތަކަށް ނުފެންނަ އިޒްރޭލުގެ ގަތުލުއާންމުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ ޣައްޒާއިން ފެނިގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ޔަހޫދީ އިޒްރޭލުން ކެނޑިނޭޅި، އެއްގަމާއި ވައިގެ މަގުން ޣައްޒާއަށް ހަމަލާތައް ދެމުންދާއިރު، ޖެހިލުމެއްނެތި ގައުމީ ޚިދުމަތަށް ނުކުމެ އުޅޭ ޒުވާނުންގެ އަދަދު މަދެއްނޫނެވެ. އެފަދަ އެކަކީ، ޒުވާން އުމުރުގެ ޖޯޝް އެންމެ ޔޫސުފް އަލްހިންދިއްޔުއެވެ.

ޢުމުރުން 30 އަހަރުގެ ޔޫސުފްއަކީ އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ހަމަލާތައް ފެށިފަހުން، ޣައްޒާގައި ހުއްޓުމެއްނެތި ޚިދުމަތުގައި ދެމިތިބި އެމްބިއުލާންސް ޑްރައިވަރުންގެ ތެރެއިން އެކަކެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކު، މަރުވެފައިވާ މީހުންގެ ހަށިތަކާއި، ޒަޚަމްވެފައިވާ މީހުން އަރުވައިގެން ކޮޅުކޮޅަށް އެމްބިއުލާންސް ދުއްވަމުން ދަނީ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ނުވަތަ ނުރައްކަލަށް ދޫކޮށްލައިގެންނެވެ. ކޮންފަދަ އިޚްލާސްތެރި ގުރުބާނީއެއްތޯއެވެ.

އިޒްރޭލުން ހިސޯރުކޮށްފައި އޮތް ޣައްޒާގައި އެމްބިއުލާންސް ދުއްވާ މީހެއްގެގޮތުގައި ޔޫސުފް މަސައްކަތްކުރާތާ މިހާރު 10 ވަރަކަށް އަހަރު ވަނީއެވެ. މިދިޔަ މަސް ދުވަހު އޭނާ ތަޖުރިބާކުރަން ޖެހުނު ކަންކަމަކީ، މިއިން ދުވަހަކުވެސް ބިރުވެރި ހުވަފެނަކުން ވިއަސް އޭނާ ދުށް ކަންކަމެއް ނޫނެވެ. އެމްބިއުލާން ދުއްވުމުގެ އިތުރުން ޔޫސުފްއަކީ، ވައްޓާލާފައިވާ އިމާރާތްތަކުގެ ދަށުން މީހުންގެ ހަށިތައް ނެގުމުގެ އަމަލީ މަސައްކަތުގައިވެސް އުޅޭ ހިތްވަރުގަދަ ބަތަލެކެވެ.

ޗައިނާގެ ގްލޯބަލް ޓެލެވިޜަން ނެޓްވަރކް (ސީޖީޓީއެން)ގެ ޑޮކިއުމަންޓްރީ ޓީމުން އޮކްޓޯބަރ 21 ވަނަ ދުވަސް ހޭދަކުރީ، ޔޫސުފްގެ މަސައްކަތް ރެކޯޑްކުރުމުގައެވެ. އެ ދުވަހު ޔޫސުފްގެ ޒިންމާއަކަށް އޮތީ އުތުރު ޣައްޒާގެ އައްނަފަގް މަގު ހިމެނޭ ސަރަހައްދުގައި މަރާލާފައިވާ މީހުންގެ ހަށިތައް އުފުލުމެވެ. ޔޫސުފްއަށް އުފުލަންޖެހިފައި އޮތް ގަބުރުތަކުގެ އަދަދު ގިނަކަމާއެކު، އޭނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގި، ގަބުކައިފައޭ ބުނާފަދަ ގޮތަކަށެވެ.

ޣައްޒާގެ ހާލަތު ގޯސްވިފަހުން، ގެއިން ނުކުންނަ ގޮތަށް އެ ދުވަހު އަނބުރާ އަހަރެން ގެޔަކަށް ނުދަން. ގެޔަށް ދަނީ ކޮންމެ 4 ދުވަހަކުން، ނޫނީ 5 ދުވަހަކުން. ހުއްޓާނުލާ އެމްބިއުލާންސްގަ މި މަސައްކަތްކުރަނީ. އިމަޖެންސީތަކަށް އެޓެންޑްވުމުގަ މިއުޅެނީ. އިންތިހާއަށް ނުރައްކާ ސަރަހައްދުތަކަށް ދިއުމަށްވުރެ ވަކި ދެރަ ކަމެއް ނޯންނާނެ މީހަކަށް ކުރިމަތިލާން ޖެހިފައެއް. އެއީ ހަމަލާތައް ޢަމާޒުވެފަ އޮތް ސަރަހައްދުތައް. އެއީ ވަރަށް ނުރައްކާތެރި ތަންތަން. ވަރަށް ގިނަ އަދަދެއްގެ ޕެރަމެޑިކުންގެ ފުރާނަވެސް ގެއްލިފަ މިހާރު އޮތީ.
ޔޫސުފް އަލްހިންދިއްޔު؛ އެމްބިއުލާންސް ޑްރައިވަރެއް

ކޮންމެ ފަދަ ނުރައްކަލެއްގެ ތެރެއަށް ވަންނަންޖެހުނު ނަމަވެސް، މަސައްކަތުގައި ޔޫސުފް ދެމިހުރީ ފިސާރި ކެރިގެންނެވެ. އަމިއްލަ ވަޒަނަށް އުދުވާނީ ހަމަލާތަކެއް އަމާޒުކުރަމުން ދާއިރު، ކޮންމެ މީހަކީ އަސްކަރިއްޔާގެ މެންބަރެއްގެ ގޮތުގައި ކަނޑިބަޑި ހިފައިގެން ނުކުންނަ މީހަކަށް ވުމީ، ލާޒިމު ކަމެއް ނޫން ކަން، ޔޫސުފް އެދަނީ ކިތަންމެ ރަނގަޅަކަށްވެސް ކިޔައިދެމުންނެވެ.

އަމިއްލަ ނަފުސަށް މާ ބޮޑު ފަރުވާލެއް ނެތި މަސައްކަތަށް ނުކުމެހުރި ޔޫސުފް ކިޔައިދިން ގޮތުގައި، އޭނާއަށް އެންމެ ގިނައިން ފެންނަނީ އަންހެނުންނާއި ކުޑަކުދިންގެ ހަށިތަކެވެ. މަހެއް ވީއިރު، އިޒްރޭލުން ވަނީ ފަލަސްތީނުގެ 5000ށްވުރެ ކުދިން މަރާލާފައެވެ.

ހަނގުރާމައެއްގެ ތެރޭގަ އެންމެ އާންމުކޮށް ފެންނާނެ އެއް މަންޒަރަކީ، ގުނާ އަދަދުވެސް ނުކުރެވޭހާ ގިނަ އަދަދަކަށް ގަބުރު ފެނުނު. އަނިޔާ ލިބިފަ ތިބި އެތައް ބަޔަކު ފެނުނު. ވަރަށް ގިނަ. ވަރަށް ވަރަށް ގިނަ. އަންހެނުންނާ ކުޑަކުދިންވެސް އެބަތިބި އިމާރާތްތަކުގެ ބައިތަކުގެ ދަށުވެފަ. އެމީހުންގެ ގެތަކަށް ހަމަލާތައް އަމާޒުކޮށްފަ ހުރީ. ބޯމަތީގަ، އަސްކަރީ މަތިންދާބޯޓުތައް އެނބުރޭ އަޑު އިވޭނެ. ކޮންމެ މީހަކީވެސް ޝިކާރައަކަށް ވެދާނެ މީހެއް. އެ ހެޔޮ، ސިއްހީ ޚިދުމަތްތެރިއަކަސް. ގިނަ ހަމަލާތައް ދީފަ ހުރީ، މީހުން ނިދާފަ ތިބޭ ވަގުތުތަކުގަ.
ޔޫސުފް އަލްހިންދިއްޔު؛ އެމްބިއުލާންސް ޑްރައިވަރެއް

ޣައްޒާއަށް އަމާޒުކޮށްގެން އިޒްރޭލުން އާންމުގޮތެއްގައި ހަމަލާތައް ވަރުގަދަކުރަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ސިއްހީ ޚިދުމަތްތެރިން ރޭގަނޑުގެ ވަގުތުތައް ހޭދަކުރަނީ އަނިޔާ ލިބިފައިވާ ބަލި މީހުންނަށް ފަރުވާ ދިނުމުގެ ތެރޭގައެވެ. ދުވާލުގެ ވަގުތުތައް ހޭދަކުރަނީ، ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ދަށުގައި މަރުވެފައިވާ މީހުންގެ ހަށިތައް އެއްތަންކުރުމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި