ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 13:27
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މެންބަރު ނިޔާޒު ސޮއިކުރައްވަނީ
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މެންބަރު ނިޔާޒު ސޮއިކުރައްވަނީ
ރާއްޖެއެމްވީ
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާ މިއީ ދެވަނަ ފަހަރު
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ މަޖިލީހުގެ އިމްތިޔާޒުތަކާއި ގަވާއިދާއި ގާނޫނަށް އަރައިގަނެފައިވާތީ

ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން ނިންމައިފިއެވެ.

މަޖިލީހުގެ ނައިބްރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން މެންބަރުން ގެންދަވަނީ ސޮއިކުރައްވަމުންނެވެ. މިހާތަނަށް އައި އިރު ގިނަ އަދަދެއްގެ މެންބަރުން ވަނީ ސޮއިކުރައްވާފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ އިރު، އެކަމާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ ގިނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އެގޮތުން މަޖިލީހުގައި މިއަދު 11:30 ގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންފައިވާތީ އާއި މަޖިލީހުގެ ގަވާއިދާއި ގާނޫނޫ އަސާސީއާއި ހިލާފުވެވަޑައިގެންފައިވާ ކަމަށް މެންބަރު ނިޔާޒު ވިދާޅުވިއެވެ.

މިއީ މަޖިލީހުގެ ނާއިބްރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ދެވަނަ ފަހަރެވެ. މީގެ ކުރިން ރިޔާސީ އިންތިހާބުގެ ކުރިން ވެސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވެއެވެ. ނަމަވެސް ފަހުން އެ މައްސަލަ އެމްޑީޕީން ވަނީ އަނބުރާ ގެންގޮސްފައެވެ.

މަޖިލީހުގެ ނާއިބްރައީސް އިވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހެޅުމަށް އެމްޑީޕީން ނިންމާ އެ މަސައްކަތް ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމަލުކުރެއްވި ގޮތުންނެވެ. މަޖިލީހުގެ ނާއިބްރައީސް ވަނީ ހެނދުނު 9:00 ގައި ބޭއްވި ޖަލްސާއަށް ސަލާމް ބުނުމަށްފަހު 11:30 ގައި އޮތް ޖަލްސާއަށް ވަޑައިގެން ޖަލްސާ ފައްޓަވާ އިވާ ވިދާޅުވީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރަކީ މިއަދު ހެނދުނު 09:00 ޖެހިއިރު ފެށުނު ޖަލްސާގައި މިއަދުގެ ރިޔާސަތުން އެ ޖަލްސާ އެ ހިސާބުން ނިމުނީ ކަމަށް ނިންމަވައި ބޭރުކޮށްފައިވާ ގަރާރެއް ކަމަށެވެ. އެހެން ކަމުން އެއީ މިއަދު ދެން އިތުރަށް ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ އެ ގަރާރަކީ މަޖިލީހުގެ ރިޔާސަތުން ނިޒާމީ މައްސަލައެއްގައި ގޮތެއް ނިންމައި ބޭރުކޮށްފައިވާ ގަރާރެއް ވިދާޅުވެ ޖަލްސާ ވަނީ ނިންމަވާލައްވާފައެވެ.

މީގެ ކުރިން އީވާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވައި މައްސަލައެއް ވެއްދިއެވެ. ފަހުން އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.

- ކޮމެންޓް