Advertisement
ކ. މާލެ
|
7 ޑިސެންބަރ 2018 | ހުކުރު 17:30
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ދީނުގައިވާ ހަޤީޤީ ލުއިފަސޭހަކަމަކީ ކޮބައިކަން ގިނަ ބަޔަކަށް ނޭނގޭ: ޚުތުބާ
ކުށްކުރާ މީހުންނަށް ދޭންޖެހޭނީ ކުށަކާއި އެކަށީގެންވާ އަދަބެއް
ހަޤީޤީ ލުއިފަސޭހަކަމަކީ ކޮބައިކަން ގިނަ ބަޔަކަށް ނޭނގޭ
މުއާމަލާތްތަކާއި އަޅުކަންތަކުގައި ލުއިފަސޭހަ ގޮތްތަކެއްވޭ

އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެއް ނަމަވެސް ދީނުގައިވާ ހަޤީޤީ ލުއިފަސޭހަ ކަމަކީ ކޮބައިކަން ގިނަ މީހުންނަށް ނޭނގޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އިސްލާމް ދީނުގެ ސަމާޙަތްތެރިކަން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނެފައިވަނީ އިސްލާމްދީނުގައި ދެއްވާފައިވާ އެކިއެކި ލުއިފަސޭހަތަކުގެ ނަމުގައި ގިނަ ބަޔަކު ދީނުގެ ހުކުމްތަކާއި އިސްލާމީ ޝަރީއަތާއި ދުރަށްދާން ފަށާފައިވާ ކަމަށެވެ.

ޚުތުބާގައި އިންސާނުން ކުރާ އެކިއެކި މުއާމަލާތްތަކާއި އަޅުކަންތަކުގައި އިސްލާމް ދީނުގައި ލައްވާފައިވާ ލުއިފަސޭހަ ކަމުގެ ބައެއް މިސާލުތައް ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން ތަހާރަތުގައި ލިބޭ ލުއިތަކާއި، ދަތުރުވެރިޔާއަށް ނަމާދު ކުރުމާއި ރޯދަ ހިފުމުގައި ލިބޭ ލުއިފަސޭހަ ކަމާއި، އާއިލީ ގުޅުންތަކުގައި ދެއްވާފައިވާ އެކި ލުއިފަސޭހަތަކުގެ އިތުރުން ވިޔަފާރީގެ މުއާމަލާތުގައި ލިބިދޭ ބައެއް ލުއިފަސޭހަތަކުގެ ވާހަކަ ބަޔާންކޮށްފައިވެއެވެ.

ކުށްކުރުން އިތުރުވެފައިވާ މި މުޖުތަމައަށް އަމާޒުކޮށް ޚުތުބާގައި ބަޔާން ކޮށްފައިވަނީ ކުށްކުރާ މީހުންނަށް ދޭންޖެހޭނީ އެ ކުށަކާއި އެކަށީގެންވާ އަދަބެއް ކަމަށާއި، އެއްވެސް މީހަކު ކުރާ ކުށެއްގެ އަދަބު ނުވަތަ އުޤޫބާތް އެ މީހެއްގެ އާއިލާއަށް ލިބިގެން ނުވާނެ ކަމަށެވެ. 

މިއަދުގެ ޚުތުބާގައި އިތުރަށް ބުނެފައިވަނީ އިސްލާމް ދީނުގައި ދެއްވާފައިވާ އެކި ލުއިފަސޭހަ ތަކުގެ ސަބަބުން ކުށް ކުރުން މަދު ކުރުމަށް މަސައްކަތް ކުރުމާއި، ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމުގެ އިތުރުން ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އެއްވެސް ހުރަހެއް ނާޅާކަމަށެވެ.

މިކަންކަމުގެ އިތުރުން ދީނުގެ އެކިއެކި ހުކުމްތަކާއި އިސްލާމީ ޝަރީއަތް ކޮންމެ މީހެއްވެސް އުނގެނި އެހެން މީހުންނަށް އުނގަންނައި ދިނުމަށް މިއަދުގެ ޚުތުބާގައި ބާރުއަޅާފައިވެެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް