ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 22:25
އަމާން އުދަރެސް ފްލެޓެއް
އަމާން އުދަރެސް ފްލެޓެއް
ރައީސް އޮފީސް
ގެދޮރުވެރިޔާ
ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފްލެޓު ލިބޭ މީހުން މިހާރު ބަލާލެވޭނެ
ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭން ރައީސް ވަނީ ނިންމަވާފައި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފްލެޓު ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދަށުން ފްލެޓު ލިބޭ މީހުން "ގެދޮރުވެރިން" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލާލެވެނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އަންގާރަ ދުވަހުގެ ރޭ ކުރި އިއުލާނެއްގައި ބުނީ ވަގުތީ ލިސްޓުގައިވާ ޝަރުތު ހަމަވެ، ފްލެޓް ލިބޭ ފަރާތްތަކާއި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ފްލެޓް ލިބޭކަން މިހާރު ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ޝަރުތު ހަމަނުވާ ފަރާތްތަކަށްވެސް ޝަރުތު ހަމަނުވާ ސަބަބު ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ޖަވާބު ދެވިފައިވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފައިވެއެވެލ.

އެ މިނިސްޓްރީން ވަނީ ޝަރުތު ހަމަނުވާ ފަރާތްތަކުގެ އިތުރު ޝަކުވާއެއް އޮތްނަމަ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއިރު އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވެއެވެ. ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ނިންމަވާފައެވެ.

ރައީސްގެ ނިންމެވުމާއެކު ފްލެޓް ލިބޭ ވަގުތީ ލިސްޓު މިދިޔަ މަހުގެ އަށްވަނަ ދުވަހު އާއްމު ކުރިއެވެ. އަދި ޝަކުވާ ހުށަހެޅުމަށް އޮގަސްޓް މަހުގެ 22 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލިއެވެ،

- ކޮމެންޓް