ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 16:28
ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ރިޕޯޓް
މުއިއްޒު ދޮންމަންމައަށް ހަދާލި ގޮތުން ސަޕޯޓަރަކު ބަންޑުންކޮށްލި އުދާސްތައް
 
ދޮންމަންމައަށް އެހެން ހަދަން ހެޔޮވާނީ ކިހިނެއް
 
ކުރިން އަހަނީ މުއިއްޒާ ގުޅޭ ވާހަކަތައް، މިހާރު ޔަގީންވެއްޖެ
 
މަވެސް، މަގޭ އާއިލާ މީހަކުވެސް ދެން މުއިއްޒަށް ވޯޓުދިނަކަ ނުދޭނަން

އަހަރެންނަކީ ޕީޕީއެމް މީހަކީމެވެ. ފުރަތަމަ ސޮއި އެޅި މީހުންގެ ތެރޭގައި ހިމެނޭ، ރަތްލާޖެހި ޕީޕީއެމް މީހަކީމެވެ. ފުރަތަމަ ބުރުގައި މުއިއްޒަށް ވޯޓުދީ އަދި މިހާރުވެސް މުއިއްޒަށް ތާއީދު ހޯދުމަށް ރެޔާއިދުވާލު މަސައްކަތްކުރަމުން އަންނަ އެކްޓިވިސްޓަކީމެވެ. އެކަމަކު މަވާ ސަލާމެވެ. މަގޭ ވޯޓު ދެން މުއިއްޒަށް ހަތްހަރާމުން ހަރާމެވެ. މަގޭ އާއިލާއާ ވަންހަޖެހޭ ގާތްތިމާގެ މީހަކުވެސް، އަދި ބަސްވިކޭ ރައްޓެއްސަކުވެސް ދެން މުއިއްޒަށް ވޯޓުލިޔަކަ ނުދޭނަމެވެ. މަށަށް ވަންޏާ އެކަން ހުއްޓުވާނަމެވެ

ދުވަހަކުވެސް މުއިއްޒަކީ އެހާ ނުބައި މީހެއްކަމަކަށް ކުރިއަކުން ހީއެއް ނުކުރަމެވެ. މިހާރު އެވަނީ އެކަން ސާފުވެފައެވެ. ތިއީ ރަހުމެއް ހަމްދަރުދީއެއް، ކުލުނެއް ގަދަރެއް ހުރި މީހެއް ނޫނެވެ. އަދި އަމުދުން ކުޑަނަމަވެސް އިންސާނިއްޔަތު ކަމެއްވެސް ނެތް މީހެކެވެ. ތިޔައީ ހިލަ ހިތެއްގެ ވެރިއެކެވެ. އެހެންނަމަ ދޮންމަންމައަށް އެހެން ހަދާކަށް ކުޅަދާނައެއް ނުވީހެވެ. އެކަމަކަށް ހިތެއް ނުރުހުނީހެވެ.

ހެޔޮވާނީ ކިހިނެއް ހެއްޔެވެ. އެފަކީރަކީ ދިވެއްސަކަށް ނުވިނަމަވެސް އިންސާނެކެވެ. އަހަރެމެންފަދަ މުސްލިމެކެވެ. މުއިއްޒުގެ ބައްޕައާ އިނދެގެން އެ އުޅުނީކީ އެންމެ ދުވަހަކު ދެދުވަހަކު ނޫނެވެ. ސާދަ އަހަރު އެ ހޭދަކުރީ ބައްޕައާއެކުއެވެ. ބައްޕަގެ މަރުދުވަހާ ޖެހެންދެންނެވެ. އެހެންކަމަށް ވާނަމަ ބައްޕަގެ މުސްކުޅިއިރުވެސް އޭނާ ހުންނާނީ ބައްޕައަށް ކިހާ ކަމެއް ކޮށްދީފައިތާއެވެ. ކިހާ އަޅާލުމެއް އަޅާލާފައިތާއެވެ. އޭނާއަށް، ބައްޕައަށް ދަރިއަކު ނެތުމާއެކު ބަނޑުން ނުއުފަން ނަމަވެސް މުއިއްޒު އެ ބެލީ ދަރިއެއްގެ ގޮތުގައެވެ. އިތުރު އެހެން ފުރާނައެއް ނެތުމުން އަމިއްލަ ދަރިފުޅުގެ ގޮތުގައި މުއިއްޒު ގެންގުޅެ މީހަކަށް ހެދުމުގައި އެ މަންމަގެ ހިއްސާ ކުޑަނުވާނެކަން ޔަގީނެވެ.

މުއިއްޒެވެ. ތިޔައީ އިންސާނެއް ހެއްޔެވެ. ހިތޭ މިކިޔާ އެއްޗެއްވެސް ހަށިގަނޑު ތެރޭގައި ނެތީ ހެއްޔެވެ. އުމުރު އެކުގައި ހޭދަކުރި ފިރިމީހާ ނިޔާވެ، އަޅާލާނެ އިޔާރެއް ވިޔާރެއްނެތި ދޮންމަންމަ ދުނިޔެއަށް އެކަނިވި ދުވަހު ތިޔަ ހާލު އޭނާއަށް ޖައްސަން ކެރުނީތީ މަ ހަމަ ހައިރާން ވެއްޖެއެވެ. ބައްޕަ ނިޔާވެ ސާޅީސްވެސް ނުފުރެނީސް ކޯޓު މެދުވެރިކޮށް ބައްޕަގެ މިލްކިއްޔާތު ތިޔަ ދަމައިގަތީ މާ އަވަހަށެވެ. ބައްޕައާއެކު ވީހާލެއް ވެގެން މުޅި އުމުރު ހުސްކުރި ދޮންމަންމައަށް ލިބުނު ހަލާލު ބައިވެސް ހީލަތްތެރި ގޮތަކަށް ތިޔަ ކަޅާކޮށްލީ އެފަކީރު ބަލާނެ ކަމަށް ހުވަފެން ދައްކާފައެވެ. ނޫނޭވާ މޮޅެވެ.

މުއިއްޒޫއެވެ. ސާބަހެވެ. އައްސަރިބަހުން ސާބަހެވެ. މުދަލާ ފައިސާއަށް ބޫތުކެއަސް ތިޔައީވާ ތަންފުކެއް ބޮޑުވަރެވެ. ދަރިއަކުވެސް ނެތް، އަދި މާދަމާ ލޯމަރާލިއަސް އޭނާގެ ފަރާތުން ތިޔަތަނަށް ވަންނާން އަންނާނޭ އިތުރު މީހަކުވެސް ނެތް އެދައިތައަށް ތިޔަ ޖެއްސީ ކޮން ހާލެއް ހެއްޔެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ. ތިޔޮއް ބޮޑު ގެއިން އެފަކީރަށް ބޯހިޔާ ކޮށްލާނެ ތަންކޮޅެއް ދިނަސް، އަދި ބަނޑުފުރާނަ މުއްތިކޮށް ޒަރޫރީ ކަންކަން ކޮށްލާނެ ލާރިއެއް ދިއްކޮށްލުމަކުން މުއިއްޒަށް މަދުވާނީ ކޮން އެއްޗެއްހެއްޔެވެ. މަރްހޫމް ބައްޕަގެ ހައްގުގައިވެސް އެވަރު ކޮށްލަށް ނުކެރުނީތީ މަ ހަމަ އަންތަރީސްވެއްޖެއެވެ.

ނޫނޭވާ މުއިއްޒު ތިޔައީ ހީލަތްތެރި މޮޅު ކެހިވެރިއެކެވެ. އެދައިތަ މިތާ ހުރެދާނެތީވެސް ތިޔަޖެހީ ކޮންފަދަ މުޑުދާރު މަޅިއެއް ހެއްޔެވެ. ދުވަހަކު ކޮޅުންވެސް އޭނާއަށް މުއިއްޒާ ވައިއެޅޭ ހިސާބަށް އަޔަނުދޭން ތިޔަކުރީ ކޮންފަދަ ވިޔާނުދާ ކަމެއް ހެއްޔެވެ. ތިޔަވަރު ބޮޑު ދޮގު ތުހުމަތެއްކޮށް، އޭނާ ރާއްޖެ ނާދެވޭގޮތައް ބްލެކްލިސްޓްކޮށް، އެ އަނިޔާ ތިޔަދިނީ ހައްގުން ކޮންކަމަކާ ލައިގެން ހެއްޔެވެ. މިނޫން ދުވަހެއް އޮތްކަންވެސް މުއިއްޒު ހަނދާން ނެތުނީ ދެއްތޯއެވެ.

މީހެއްގެ ގޮތެއް މަށަކަށް ނޭނގެއެވެ. މުއިއްޒުގެ ދޮންމައަށް ހަދާލިގޮތުގެ ވާހަކަ އޭނާގެ ދުލުން އަޑުއިވުނީމާ ބޭއިޚްތިޔާރުގައި ފެންކަޅިވެއްޖެއެވެ. ކުރިން އަހަނީ މުއިއްޒާ ގުޅޭގޮތުން އަޑެކެވެ. މަގާމަށްޓަކައި އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވިގޮތުގެ ވާހަކައެވެ. ގެ ހެދިގޮތާއި ބޭރުގެ އެކިއެކި ކުންފުނިތަކުން މުއިއްޒުގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ވާހަކައެވެ. ވެރިކަމަށް ޓިކެޓް ހޯދި ގޮތުގެ ވާހަކަ ޕާޓީތެރޭގައިވެސް ދައްކާތީ އަހަމެވެ. ކުރިން އެވާހަކަތައް ގަބޫލު ނުކުރިއަސް މަ މިހާރު އެކަންކަން ގަބޫލުކޮށްފީމެވެ. މަރުހޫމް ބައްޕައާއި އެ ބައްޕަގެ ލޯބިވާ އަންހެނުންނަށް ތިޔަ ހަދާލިގޮތުން އެކަން ސާފުވާކަށް އިތުރު ހެތްކެއް ބޭނުމެއް ނުވެއެވެ. މަ ދެން މުއިއްޒަށް ހޯހޯއެވެ. އުމުރަށްވެސް ސަލާމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
11%
8%
9%
22%
4%
46%
ކޮމެންޓް
29 ސެޕްޓެންބަރ 2023 | ހުކުރު 01:02
އާމިނަތު
މީ ކިހާވަރެއްގެ ހަގީގަތެއް އޮތް ވާހަކައެއްބާ ؟ މީގެ ހަގީގަތް މުއިއްޒު އެބަޖެޙޭ އޮޅުންފިލުވާދެއްވަން. ސަބަބަކީ މީ މުއިއްޒުގެ އަބުރު ކަތިލެވޭ ވާހަކަތަކެއް ، ނޫނީ ކޮންމެސް ހަގީގަތެއް އޮތް ވާހަކައެއް. އަޅުގަނޑު އެއްވެސް ކޮޅަކަށް ނުޖެހެން. ސަބަބަކީ މީހެއްގެ އަބުރު ކަތިލެވޭގޮތަށް ހަގީގަތެއްނެތި ދެކެވޭވާހަކަ ގަބޫލުކުރުމަކީ އިސްލާމްދީނުގާ ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމެއް. ނަމަވެސް އަޅުގަނޑަށް އެނގޭ ކަމަކީ ރާއްޖޭގެ ވެރިކަމަށް ކުރިމަތިލާ ބޭފުޅެއްގެ މިބާވަތުގެ ވާހަކަތަކެއް މިވަރަށް ސޮޝަލްމީޑިއާގައި ފެތުރެމުން ދިއުމަކީ ޕޮލިޓިކަލް ހަމަނުޖެހުން އުފައްދަން ބަޔަކު ދައްކާ ވާހަކަތަކެއް ނުވަތަ ކޮންމެސް ހަގީގަތެއް އޭގައި އޮންނާނެ ކަމެއް ކަމަށް ގިނަބަޔަކަށް ދެކެވޭނީ. އެހެންވީމާ މިކަން ސާފުކޮށްދެއްވާ !. މީ އިންސާނެއްގެ ޝަޙުސިއްޔަތާ އަޚުލާގެ ދައްކުވާދޭ މިސާލެއް. ރައްޔަތުން ބޭނުންވާނީ ރަނގަޅު ޝަޚުސިއްޔަތެއް، ރަނގަޅު އިންސާނިއްޔަތެއްގެ ވެރިއެއް.
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 12:58
ފާތުން
ބަސްނުބުނާ ގުރާ ދައިގަންނަލެއް ބާރުވާނެ!
27 ސެޕްޓެންބަރ 2023 | ބުދަ 01:30
ހުސްނާ
ތިޔަވާހަކައަކީ އަހަންނަށް ވަރަށްކުރިންވެސް އެނގޭވާހަކައެއް. އެފަކީރަށްހެދިގޮތް ހިތައްއަރާ ވަރަށްއަސަރުކުރި. މުއިޒަކީ އޭނަގެ ބައްޕައަށްވެސް ވަރަށް އިހާނޭތިކޮށްހިތި މީހެއް. މިވަރުގެ މީހަކު އެހެންމީހުންނާއި ދޭތެރޭ ހުންނާނީ ކޮންއަގަލެއް، ކުލުނެތް. މިގައުމު ރައީސްއަކަށް ހޮވަން ހެޔޮވެސްނުވާނެ.
26 ސެޕްޓެންބަރ 2023 | އަންގާރަ 21:29
ކަމަނަ
ކޮންފަދަ ނުބައި މީހެއް. ދީނޭ ގައުމޭ ކިޔައިގެން ހަލާލުބައި ކާލިގޮތައް ރާއްޖެ ވެސް ކާލާނީ ތޯއްޗެ