Advertisement
ކ. މާލެ
|
7 ޑިސެންބަރ 2018 | ހުކުރު 12:46
މ.މަޑުއްވަރީން ކަރަންޓު ދިއުމާ ގުޅިގެން މުޒާހަރާ ކުރުން
މ.މަޑުއްވަރީން ކަރަންޓު ދިއުމާ ގުޅިގެން މުޒާހަރާ ކުރުން
ރާއްޖެއެމްވީ
ކަރަންޓު ކެނޑުން
މ.މަޑުއްވަރީން ކަރަންޓު ކެނޑުމުގެ މަައްސަލައަށް ހައްލެއް ނުލިބިފައި
ކަރަންޓު ކެނޑިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު
މިކަމާ މިދިޔަ އަހަރު ރައްޔިތުން މުޒާހަރާވެސްކުރި

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކަރަންޓު ކެނޑިފައިވަނީ ހުކުރު ދުވަހު ހެނދުނު 8:00 އިން 10:15 އާއި ދޭތެރޭ ވަގުތެއްގައެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އެރަށުގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކަރަންޓު ދޭން ބޭނުންކުރާ 3 ޖެނެރޭޓަރވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، ޖެނެރޭޓަރު ތަކުގެ "ޓެމްޕަރޭޗަރ ސެންސަރ" ހަލާކުވެގެން އެކަމަށް ހައްލެއް ހޯދަން އެދިފައިވާތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ކުރިން އަތޮޅު ކައުންސިލަރަކަށް އުޅުއްވި އިބްރާހިމް ނިޝާމް (ކައުންޓޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނިޝާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ތެރޭގައި އެރަށަށް ޖެނެރޭޓަރެއް ހަދިޔާކޮށްފައިވާ ކަމަށާއ، ނަމަވެސް 2 ހަފްތާ ނުވަނިސް އެ ޖެނެރޭޓަރުގެ ޓެމްޕަރޭޗަރ ސެންސަރ ހަލާކުވެފައިވާ ކަމަށެވެ. އަދި މިވަގުތު ކަރަންޓު އައިސްފައިވާ ނަމަވެސް މިއީ ދާއިމީ ހައްލެއް ނޫން ކަމަށް ނިޝާމް އިތުރަށް ވިދާޅުވިއެވެ. 

މިހާރު ކަރަންޓު އަނބުރާ އައިސްފައިވާއިރު، މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން މ.މަޑުއްވަރީ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ އަހުމަދު ޝަހީދު ވަނީ ވިދާޅުވެފައެވެ.

މ.މަޑުއްވަރީން ކަރަންޓު ދިއުމުގެ ސަބަބުން މިދިޔަ އަހަރުވެސް ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރަށުގެ އާ އިމާރާތަށް ޖަނަރޭޓަރުތައް ބަދަލުކުރި ފަހުން އެ ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ކަރަންޓުގެ ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަށާއި، އިރުއިރުކޮޅާ ރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ސޫކުލްތަކުގެ ކޮމްޕިއުޓަރު ތަކަށާއި ކަރަންޓު ސާމާނުތަކަށް އެކި ވަރުގެ ގެއްލުންތައް މިދިޔަ އަހަރުވެސް ލިބިފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ.

މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ މިދިޔަ އަހަރު ރައްޔިތުން އިންޖީނުގެ ދޮށަށް އެއްވެ ވަނީ މުޒާހަރާވެސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް