އަގުހުރި އިނާމު ތަކަކާއިއެކު ރެއިންބޯ އިޔަރ އެންޑް ސޭލް ޑިސެމްބަރު އެއްވަނަ ދުވަހު ފަށައިފިއެވެ.
ރެއިންބޯ އެންޓަރޕްރައިސަސްގެ ފަރާތުން ބުނީ ފަސްސަތޭކަ ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ސޭލްގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ސޭލް ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހާއި ހަމައަށް ކަމަށް ވެސް ރެއިންބޯ އިން ބުންޏެވެ.
މި ސޭލްގައި ވިޔަފާރި ކޮށްގެން ގުރުއަތުން ހޮވޭ 3 ފަރާތަކަށް އަގުހުރި އިނާމްތަކެއް ދޭން އެ ކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން ގުރުއަތުން ހޮވޭ 3 ފަރާތަށް ވެސް އައިފޯން 10 ދޭނެ ކަމަށް ރެއިންބޯ އިން ވަނީ ބުނެފައެވެ.
ރެއިންބޯ އެންޓަޕްރައިސަސްގެ ޖެނެރަލް މޭނެޖަރ އަބްދުﷲ އަސްލަމް ވިދާޅުވީ މި ސޭލްގެ ދަށުން އެކި ސާމާނުތަކުން ވަރަށް ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށާއި އާންމުންގެ ފަރާތުން އެ ސޭލް އަށް ބޮޑު ތަރުހީބެއް މިހާތަނަށް ލިބިފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ޑީމާންޑެއް އޮތީ ބެޑްރޫމް ސެޓްތަކަށް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އިޔަރ އެންޑް ސޭލް ކުރިއަށް ދާނީ ރެއިންބޯ ބިލްޑްވެއަރ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ އަދި ރެއިންބޯ އޮފީސް ސިސްޓަމްގައެވެ.
މި ސޭލްގެ ގުރުނެގުން އަންނަ އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހު އޮންނާނެ ކަމަށް ރެއިންބޯ އިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ރެއިންބޯ އިޔަރ އެންޑް ސޭލް ބާއްވާފައި ވާއިރު އެފަހަރު އެއްވަނަ އަށް ހޮވުނު ފަރާތަށް އައިފޯން 10 ދީފައި ވާއިރު ދެވަނަ އަށް ހޮވުނު ފަރާތަށް 50 އިންޗީގެ އެލް އީ ޑީ ޓީވީ އެއް ދީފައިވާއިރު ތިންވަނަ އަށް ހޮވުނު ފަރާތަށް އެންމެ ފަހުގެ އައިސް އަލަމާރީ އެއް ވަނީ ދީފައެވެ.