ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 23:16
ރެއިންބޯ ޗާލު ބަދިގޭގެ ނަސީބުވެރިޔަކަށް ހޮވުނު އައިޝަތު ޝަބީނާ، ރެއިންބޯގެ އިސްވެރިންނާއެކު
ރެއިންބޯ ޗާލު ބަދިގޭގެ ނަސީބުވެރިޔަކަށް ހޮވުނު އައިޝަތު ޝަބީނާ، ރެއިންބޯގެ އިސްވެރިންނާއެކު
ސިމާހާ ނަސީމް
ރެއިންބޯގެ ޗާލު ބަދިގެ
ރެއިންބޯގެ ޗާލު ބަދިގޭ ގެ ނަސީބުވެރިޔާ ހޮވައިފި
ޗާލު ބަދިގޭ ގެ ނަސީބުވެރި ފަރާތަށް ބަދިގެ ސެޓެއް ލިބިގެންދާނެ
ކުރިއަތް އޮތް އަހަރުތަކުގައި ޗާލު ބަދިގެ ފަދަ ސިލްސިލާ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް ރެއިންބޯ އިން ބުނި

ރެއިންބޯ އިން ކުރިއަށް ގެންދިޔަ ޗާލު ބަދިގޭ ގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ރެއިންބޯ ލިވިންގް މޯލްގައި ބޭއްވި ހާއްސަ ހަފްލާގައި ޗާލު ބަދިގޭގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައިޝަތު ޝަބީނާއެވެ.  

ޗާލު ބަދިގެ އަކީ ބަދިގެ އާކުރަން ބޭނުންވެ، ނަމަވެސް އަދި އެކަން ނުކުރެވިފައި ތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ބަދިގެ އާކޮށްލެވޭނެ ރަނުގެ ފުރުސަތެއް ހުޅުވާލުމުގެ ގޮތުން ރެއިންބޯ އިން ހިންގި ހަރަކާތެކެވެ.

ޗާލު ބަދިގޭ ގެ ނަސީބުވެރި ފަރާތަށް ބަދިގެ ސެޓެއް ދޭން އެ ކުންފުނިން ނިންމާފައިވާއިރު ބަދިގެ ސެޓްގައި ފުލް ކެބިނެޓް އަދި ބަދިގެ އެޕްލަޔަންސް ވެސް ހިމެނެއެވެ. ނަސީބުވެރިޔާ އަށް ބަދިގެ ސެޓްގެ ކުލައާއި މެޓީރިއަލާއި ޑިޒައިން އެމީހަކު ބޭނުން ގޮތަކަށް އިހްތިޔާރު ކުރުމުގެ ފުރުސަތު ވެސް ރެއިންބޯ އިން ވަނީ ދީފައެވެ.

ރެއިންބޯ އިން ބުނީ ޗާލު ބަދިގެއަށް 400 އަށްވުރެ ގިނަ ފަރާތަކުން އެ ފަރާތްތަކުގެ ބަދިގޭގެ ފޮޓޯ ފޮނުވާފައިވާ ކަމަށާއި ޖަޖުންގެ ޕެނަލް އިން އެކި ކްރައިޓީރިއާތަކަށް ބެލުމަށްފަހު އެ އަދަދު 150 އަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު ނަސީބުވެރިޔާ ހޮވާފައިވާ ކަމަށް ޖަޖުންގެ ޕެނަލް އިން ބުންޏެވެ. އެގޮތުން ރަށްތަކަށް ގޮސް، ބައެއް ފަރާތްތަކުގެ ގެއަށް ގޮސް، ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް ބަލާފައިވާ ކަމަށް ވެސް ޖަޖުން ފާހަގަކުރެއްވިއެވެ.

ޗާލު ބަދިގޭ ގެ ޖަޖުންގެ ޕެނަލްގައި ހަރަކާތްތެރިވި މަރިޔަމް ވަހީދާ ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެން ހިނގައްޖެ ކަމަށާއި ރެއިންބޯ ފަދަ ކުންފުންޏަކުން އަމިއްލައަށް އިސްނަގައިގެން ހިންގި މި ހަރަކާތަކީ ވަރަށް މުހިންމު އަދި ރަނގަޅު ހަރަކާތެއް ކަމަށެވެ.

ރެއިންބޯ އިން ބުނީ ކުރިއަތް އޮތް އަހަރުތަކުގައި ޗާލު ބަދިގެ ފަދަ ސިލްސިލާ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

 

 

- ކޮމެންޓް