ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 19:05
އަމާނާ ތަކާފުލްގެ އަހަރީ އާންމު ޖަލްސާ - 2016
އަމާނާ ތަކާފުލްގެ އަހަރީ އާންމު ޖަލްސާ - 2016
ރާއްޖެއެމްވީ
އަމާނާ ތަކާފުލް
އަހަރު ނިމުމާއި ދިމާކޮށް އަމާނާ ތަކާފުލް އިން ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު
އާންމުންނަށް ވަރަށް ބޭނުންތެރި ޕެކޭޖެއް ތަޢާރަފް ކުރެވިގެންދާނެ

އަމާނާ ތަކާފުލް އިން އަހަރު ނިމުމާއި ދިމާކޮށް ހާއްސަ ހަރާކާތެއް ބާއްވަން ނިންމައިފިއެވެ.

އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 10 އަކުން ފެށިގެން މެންދުރު 2 އަކަށް ސްޓެލްކޯ ހެޑް އޮފީހުގައެވެ.

އަމާނާ ތަކާފުލް އިން ބުނީ ބާއްވަން ހަމަޖެހިފައިވާ ހަރަކާތުގައި އާންމުންނަށް ވަރަށް ބޭނުންތެރި ޕެކޭޖެއް ތަޢާރަފް ކުރެވިގެންދާނެ ކަމަށާއި ޕެކޭޖުގެ ދަށުން "ތާޑް ޕާޓީ" ގެ އިތުރުން އުޅަނދު ދުއްވާފައި ދަނިކޮށް ނުވަތަ ޕާކް ކޮށްފައި ހުއްޓާ ދިމާވާ އެކްސިޑެންޓް ތަކަށް ބަދަލުދެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން އުޅަނދު ވަގަށް ނެގުމުން ބަދަލުދެވޭ އެޑް-އޮން އެއްވެސް އެ ހަރަކާތުގެ ތެރެއިން ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށް އަމާނާ ތަކާފުލް އިން ބުނެއެވެ.

މި ޕެކޭޖުގެ މަގުސަދަކީ އާންމު ގޮތެއްގައި ކޮންޕްރިހެންސިވް އިންޝުއަރެންސްގެ ދަށުން ލިބިގެންދާ ފައިދާތައް އަގުހެޔޮކޮށް އާންމުންނަށް ފޯރުކޮށް ދިނުމަށް ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި އަމާނާ ތަކަފުލް އަށް 2018 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހާ ހަމައަށް 9.7 މިލިއަން ދިވެހިރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ 2017 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހާ އަޅާބަލާއިރު 102 އިންސައްތައިގެ ކުރިއެރުމެކެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި ހަމައެކަނި ތަކަފުލް ޚިދުމަތްދޭ އަމާނާ ތަކަފުލް އިން ހިފަހައްޓަމުންދާ އުސޫލީ މިންގަނޑުތަކަކީ ކުންފުނީގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރު ކަމަށާއި ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކަށް 'ސާޕްލަސް' އާއި ހިއްސާދާރުންނަށް ވިޔަފާރި ފައިދާ 2011 ވަނަ އަހަރު ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރެވުނު ހިސާބުން ދަނީ ކެނޑިނޭޅިދެމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

 

 

- ކޮމެންޓް