Advertisement
ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 17:28
ރައްޔިިތުންގެ މަޖިލިސް
ރައްޔިިތުންގެ މަޖިލިސް
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް 2018
މެމްބަރުންގެ އަދަދު 85 އަށްވުރެ އިތުރު ނުކުރެވޭ ގޮތަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
މި ބިލް ހުށައެޅީ ޑރ. އަބްދުﷲ ހަލީލު
ކޮންމެ އިދާރީ ދާއިރާއެއް ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުން ވެސް ހިމެނޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 85 ށް ވުރެ އިތުރު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލު ހުށަހެޅުއްވި އިސްލާހު ބަލައި ނުގަތުމަށް އަންގާރަ ދުވަހުގެ މަޖިލީހުން ފާސްކޮށްފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ޚަލީލް ހުށަހެޅުއްވި މި އިސްލާހުގައި ގާނުނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން އެ އިސްލާހުގައި ހިމެނެނީ 28 މެއި 2014 ގައި އެކުލަވާލެވުނު ގޮތަށް މަޖިލީހުގައި ހިމެނޭ އިދާރީ ދާއިރާތައް ތަމްސީލު ކުރާ މެންބަރުންގެ އަދަދަކީ 85 ކަމުގައި ކަނޑައެޅުމާއި، ކޮންމެ އިދާރީ ދާއިރާ އެއް ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމާއި، ކޮންމެ ދާއިރާއަކުން ނިކުންނަ ވާނީ އެއްމެ މެންބަރަކު ކަމަށެވެ.

މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އިތުރުވަމުން ދިއުމަކީ ގައުމުގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަން ފާހަގަކުރައްވައި ހަލީލު ވިދާޅުވެފައި ވަނީ، މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވެގެން ދިއުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެންމެ އެކަށޭނަ ގޮތްކަމުގައި ނު ދެކޭ ކަމަށެވެ.

މަޖިލީހުގައި ތިއްބަ ވާނީ 85 މެންބަރުންގެ ގޮތުގައި ކަނޑައެޅުމަށް ހުށައެޅި ބިލު މަޖިލީހުުން ބޭރު ކޮށްލާފައި ވާއިރު، ދާދިފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުމުލަ 87 ދާއިރާއާ އެކު 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިޢުލާން ކޮށްފައެވެ. އެއީ މާލެ ސިޓީއަށް ދެ ދާއިރާ އިތުރު ވާ ކަމަށް ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް