ކ. މާލެ
|
26 އޮކްޓޯބަރ 2018 | ހުކުރު 19:23
ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ
ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ
ރޮއިޓަރސް
ފިލިޕީންސް ޑްރަގް ވިޔަފާރި
ގައުމަށް މަސްތުވާތަކެތި އެތެރެވުމުން ފިލިޕީންސްގެ ކަސްޓަމްސްގެ ވެރިން ވަކިކޮށްފި
ޑުޓާޓެ ގެންދަވަނީ ފާޑުކިޔުންތަކަށް ބެލުމެއްނެތި މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަކުރައްވަމުން

ޓަނަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ނުކުޅެދުމުން ކަސްޓަމަސްގެ ވެރިޔާއާއި އެތަނުގެ ހުރިހާ އިސްވެރިން މަޤާމުން ވަކިކުރުމަށް އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ނިންމަވައިފިއެވެ.

ޑުޓާޓެ ބުރާސްފަތި ދުވަހު ވިދާޅުވީ ކަސްޓަމްސް ކޮމިޝަނަރ އިސިދްރޯ ލަޕީނާ، ސަރުކާރުން ހިންގާ ޓްރެއިނިންގ އޭޖެންސީއެއްކަމަށްވާ ޓެކްނިކަލް އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްކަމަށް އައްޔަން ކުރައްވާނެކަމަށެވެ.

އެ ގައުމުގެ މީޑިއާތައް ބުނާ ގޮތުން އޭނާ ސިފަ ކުރެއްވިގޮތުގައި އެއީ"ޕްރޮމޯޝަން" އެކެވެ.

"ކޮމިޝަނަރުން ބޭރުކޮށްފިން، ޑިޕާޓްމަންޓް ވެރިން ބޭރުކޮށްފިން،" ކޯސްޓްގާޑު އުފެއްދުން ފާހަގަކުރެވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑުޓާޓެ ވިދާޅުވިއެވެ.

ޑުޓާޓެ ވިދާޅުވީ ކަސްޓަމްސްއަށް ދެން އައްޔަންކުރައްވާނީ މެރިޓައިމް އިންޑަސްޓްރީ އޮތޯރިޓީ މިހާރު ހިންގަވަމުން ގެންދަވާ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލެއްކަމަށްވާ ރޭ ގޮރޭރޯ ކަމަށެވެ.

ސިފައިންނާ ކޯސްޓުގާޑުން އޭނާއަށް އެހީ ވާނެކަމަށް ޑުޓާޓެ ވިދާޅުވިއެވެ.

މަގާމުން ވަކިކުރިކަން ޑުޓާޓެރ އިއުލާނު ކުރެއްވި ރަސްމިއްޔާތުގައި އިސިދްރޯ ލަޕީނާ އިންނެވިއިރު އޭނާއަށް ލިބިވަޑައިގެންނެވީ ކުއްލި ހައިރާންކަމެކެވެ. ނަމަވެސް އާ މަގާމަކަށް ހަަމަޖައްސަވާތީ އޭނާ ވަނީ ޑުޓާޓެއަށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް