ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 12:30
ވަނަކިއު ސެންޓަރ ފޮރ ނަރސިންގ އެންޑް ރިހެބިލިޓޭޝަން
ވަނަކިއު ސެންޓަރ ފޮރ ނަރސިންގ އެންޑް ރިހެބިލިޓޭޝަން
އެންސީބީ ނިއުސް
އެޑްނޯވައިރަސް
އެޑްނޯވައިރަސްގެ ސަބަބުން އެމެރިކާގައި 6 ކުއްޖަކު މަރުވެއްޖެ
18 ކުއްޖެއްގެ ގައިން އެޑްނޯވައިރަސް ފެނިފައިވޭ

އެމެރިކާގެ ނިއުޖަރޒީގައި ދިގުމުއްދަތުގެ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލެއްގައި ފެތުރެންފެށި ބައްޔެއްގައި ހަ ކުއްޖަކު މަރުވެ އިތުރު އެތައް ބަޔަކަށް ވައިރަސްގެ އަސަރު ކޮށްފިއެވެ.

ވަނަކިއު ސެންޓަރ ފޮރ ނަރސިންގ އެންޑް ރިހެބިލިޓޭޝަން އިން ފަރުވާ ހޯދަމުންދިއަ 18 ކުއްޖެއްގެ ގައިން އެޑްނޯވައިރަސް ފެނިފައިވާ ކަމަށް އޮފިޝަލުން އަންގާރަ ދުވަހުވަނީ ކަށަވަރު ކޮށްދީފައެވެ.

އެޑްނޯވައިރަސްގެ ސަބަބުން އާއްމުކޮށް ދިމާވަނީ ކުޑަ ބަލިކަމެއް ނަމަވެސް ކުޑަކުދިންނަށް ވައިރަސްގެ އަސަރު ކުރުމުން ނާޒުކު ވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ވައިރަސް ފެތުރުމާ ގުޅިގެން ދަނީ ތަހުގީގެއް ކުރެވެމުންނެވެ. ވަނަކިއު ސެންޓަރަށް މިހާރުވަނީ އަލަށް ގެނެވޭ ބަލި މީހުން ގެނައުން މަޑުޖައްސާލާފައެވެ.

ޑިޕާޓްމަންޓް އޮފް ހެލްތުން ބުނެފައިވަނީ އާދީއްތަ ދުވަހު ފެށި ތަހުގީގު އަންގާރަ ދުވަހާ ހަމައަށް ގެންގޮސްފައިވާ ކަމަށެވެ.

ތަހުގީގު ޓީމަށް އާދީއްތަ ދުވަހު ވަނީ އެ ސެންޓަރުގައި އަތްދޮވުމުގެ ކުދިކުދި މައްސަލަތަކެއް ހުރިކަން ފާހަގަވެފައެވެ.

މި ވައިރަސް ފެތުރެން ދިމާވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް