ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 21:20
ސްޕޯޓްސް ސެމިނާގައި 20 ފަރާތަކުން ވަނީ ބައިވެރިވެފައި
ސްޕޯޓްސް ސެމިނާގައި 20 ފަރާތަކުން ވަނީ ބައިވެރިވެފައި
ރާއްޖެއެމްވީ
ސްޕޯޓްސް ސެމިނާ
ކުޅިވަރާއި ކަސްރަތުގެ ދާއިރާއަށް ހާއްސަކޮށްގެން ސްޕޯޓްސް ސެމިނާއެއް ކުރިއަށް ގެންގޮސްފި!
ސެމިނަރ ބޭއްވުމުގެ މަޤްސަދަކީ ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހި ކުރުން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން "ސެމިނަރ އޮން ހެލްތް، ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސް" ނަމުގައި ސެމިނަރއެއް އޮކްޓޯބަރު 21 ވަނަ ދުވަހު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ގެންގޮސްފިއެވެ.

މި ސެމިނަރ ބޭއްވުމުގެ މަޤްސަދަކީ ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހި ކުރުމާއި، ސްޕޯޓްސް ނިއުޓްރިޝަން އަދި ކުޅިވަރު ކުޅުމުގައާއި ކުޅިވަރަށް ފަހު ދިމާވާ ސިއްޙީ ގެއްލުންތަކުން ރައްކާތެރިވުމާއި، ކެއުމުގެ ރަގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުން ކަމުގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ބުނެއެވެ.

މި ސެމިނަރގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެއްވާފައި ވަނީ ބޭސިކްސް އޮފް ސްޕޯޓްސް ނިއުޓްރިޝަން، ނިއުޓްރިޝަން ފޯރ ޕާރފޯމަންސް، އިންޑިވިޖުއަލައިޒްޑް/ ސްޕެސިފިކް ސްޕޯޓްސް ނިއުޓްރިޝަންއެވެ. 20 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މިސެމިނަރގައި ކިޔަވައިދެއްވާފައިވަނީ މެލޭޝިޔާގެ ސެޓިފައިޑް ސްޕޯޓްސް ޑައިޓީޝަން، ތާނިޔާ ލީ ޒޫ ޔާރްއެވެ.

ސެމިނަރގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމް ވަނީ ސެމިނަރއިން ދަސްވި މަޢުލޫމާތުތައް އާންމުންނަށާއި، ކޯސްތަކުގެ ބައިވެރިންނަށާއި، ރައްޓެހިންނަށް ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް