ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 21:19
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ސަން
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މި މަހުގެ 29 ގައި!
މި ފެސްްޓިވަލަކީ ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ދިރާގުން ބާއްވާ ފެސްޓިވަލެއް
ފެސްޓިވަލް އޮންނާނީ ހެންވޭރު ދަނޑުގައި
ހަތަރު އެންޖީއޯ އަދި 11 ސްކޫލެއް ބައިވެރިވެފައިވޭ ފެސްޓިވަލްގައި

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަންނަ އޮކްޓޯބަރު 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ދިރާގުން ބާއްވާ ފެސްޓިވަލެކެވެ. ދިރާގުން ބުނީ މި ފެސްޓިވަލް އެ ދުވަހު ހެންވޭރު ދަނޑުގައި ހަވީރު 16:00 އިން އިރުއޮއްސި 18:00ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މި ފެސްޓިވަލްގެ މަޤްސަދަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެއްތާކުން އެ ހުރިހާ ކުދިންނަށް މަޖާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމާއި އެފަދަ ކުދިންގެ ކޮންފިޑެންސް ލެވެލް އިތުރުކުރުން ކަމަށް ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

ދިރާގުން އިތުރަށް ބުނީ މި އަހަރުގެ ފެސްޓިވަލްގައި ހަތަރު އެންޖީއޯ އަދި 11 ސްކޫލެއް ބައިވެރިވެފައިވާ ކަމަށެވެ. އަދި ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ކުޅެން ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ބެޓްން ރިލޭ، ދުވުން ފަދަ ކުޅިވަރު ހިމެނެއެވެ. މި އަހަރުގެ ފެސްޓިވަލްގައި ޖުމްލަ 390 ކުދިން ބައިވެރިވާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ވަނަ ވަނައަށް ދާ  ކުދިންނަށް މެޑަލް ދިނުމަށް ހަމަޖެހިފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކަށް ވެސް މި ފެސްޓިވަލްގައި ބައިވެރިވެވޭނެއެވެ.

މި ފެސްޓިވަލަކީ ދިރާގުގެ ފަރާތުން 2011 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދަމުން އަންނަ ފެސްޓިވަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް