ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 12:14
ޚަޝޯގީގެ މަރަށްފަހު ވަލީއަހުދުގެ ބާރުތައް މުއައްސަސާތަކުގައި އޮތްވަރެއް ބެލުމަށް ރަސްގެފާނު ވަނީ އަންގަވާފއި
ޚަޝޯގީގެ މަރަށްފަހު ވަލީއަހުދުގެ ބާރުތައް މުއައްސަސާތަކުގައި އޮތްވަރެއް ބެލުމަށް ރަސްގެފާނު ވަނީ އަންގަވާފއި
އޭއެފްޕީ
ޖަމާލް ޚަޝޯގީ
ޚަޝޯގީގެ އާއިލާއަށް ވަލީއަހުދު މުހައްމަދުވެސް ތައުޒިއާ ވިދާޅުވެއްޖެ
ޚަޝޯގީ މަރުވިކަމަށްބުނާއިރު ހަށިގަނޑެއް ނުފެނޭ

 

އިސްތަން ބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަންފަހުން ވީނުވީއެއް ނޭނގި އުޅެނިކޮށް މަރުވި ކަމަށް ސައުދީން އެއްބަސްވި ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ އާއިލާއަށް އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޚަޝޯގީގެ އާއިލާއަށް ވަލީއަހުދު ތައުޒިއާ ވިދާޅުވެފައިވަނީ ޖަމާލް ޚަޝޯގީގެ ދަރިކަލުން ސަލާހް ޖަމާލް ޚަޝޯގީއަށް ފޯނުން ގުޅުއްވާއެވެ.

ސަލާހްވަނީ ތައުޒިއާ ވިދާޅުވުމަށް ގުޅުއްވީތީ ވަލީއަހުދު މުހައްމަދަށް ޝުކުރު އަދާކުރައްވާފައެވެ.

އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ސައުދީގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެގެން އުޅުނު ޖަމާލް ޚަޝޯގީ މަރާލާފައިވާ ކަމަށް 18 ދުވަހަށް ފަހު ސައުދީން އެއްބަސްވެފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ސައުދީ އިން ބުނެފައިވަނީ ޚަޝޯގީ މަރާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްތެރޭގައި ހުރި މީހަކާއި ޚަޝޯގީއާއި ދޭތެރޭ ހިނގާދިޔަ ޒުވާބެއްގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް އެ ޒުވާބު ހިނގާދިޔައީ ކާކާއި އެކުގައި ކަމެއް ހާމައެއް ނުކުރެެއެވެ. ސައުދީގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި ޚަޝޯގީގެ ތަހުގީގީ ރިޕޯޓް ނެރޭނީ އެއްމަސް ދުވަސް ފަހުންނެވެ. 

ޚަޝޯގީގެ މައްސަލާގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބާރުތައް މުއައްސަސާތަކުގައި ހުރިވަރު ޗެކް ކުރެއްވުމަށް ސައުދީ ރަސްގެފާނު ސަލްމާން އަމުރު ކުރައްވާފައި ވާކަމަށް އެކި މަސްދަރުތަކުން ބުނެއެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް