ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 09:00
ޚާޝޯގީ ސައުދީ ކޮންސިއުލޭޓަށް ވަންނަނީ
ޚާޝޯގީ ސައުދީ ކޮންސިއުލޭޓަށް ވަންނަނީ
ޓްވިޓަރ
ޖަމާލް ޚަޝޯގީ
ޚަޝޯގީގެ މަރުގެ ތަހުގީގު ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދަން އދ. އިން ގޮވާލައިފި
ޚަޝޯގީ ވަނީ މަރާލާފައިވާކަމަށް ސައުސީން ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހު

ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ތަނާ ވީ ނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލާފައިވާ ކަމަށް ސައުދީން އެއްބަސްވީކަމުގައި ވިއަސް އެކަން ގަބޫލު ނުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް އދ. އިން ގޮވާލައިފިއެވެ.

ޚާޝޯގީ މަރާލާފައިވާ ކަމަށް ސައުސީން ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ.

ސައުދީ އިން ބުނެފައިވަނީ ޚަޝޯގީ މަރާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްތެރޭގައި ހުރި މީހަކާއި ޚަޝޯގީއާއި ދޭތެރޭ ހިނގާދިޔަ ޒުވާބެއްގެ ތެރޭގައިކަމަށެވެ. އެހެން ނަމަވެސް އެ ޒުވާބު ހިނގާދިޔައީ ކާކާއި އެކުގައި ކަމެއް ހާމައެއް ނުކުރެެއެވެ.

އެކަމާއި ގުޅިގެން އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވީ އެ ބަޔާނާމެދު ކަންބޮޑުވާކަމަށާއި އެއީ ސައްހަ ބަޔާނެއްކަމާމެދު ސުވާލުތަކެއް އުފެދޭ ކަމަށެވެ. އަދި އެމައްސަލަ ދެފުށްފެންނަ ގޮތަށް ތަހުގީގުކުރަން ޖެހޭކަމަށާއި އެކަން ކުރުމަށް ސައުދީ ސަރުކާރަށް ގޮވާލާކަމަށް އޭނާ ވިދާޅުވިއެވެ. ޚާޝޮގީގެ މަރަށް އިންސާފު ލިބެންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑުޖާރިކް ވިދާޅުވީ ޚާޝިގީ ވަނީ މަރާލާފައިކަމަށް ސައުދީން އެއްބަސްވާއިރު އެމަރާލުމުގައި ބައިވެރިވި މީހުންގެ ނަންތައްވެސް ހާމަކުރަންޖެހޭނެއެވެ.

ޚާޝޯގީ މަރާލާފައިވާ ކަމަށް ތުރުކީގެ ތަހުގީގު ޓީމުން ބުނިނަމަވެސް ހޮނިހިރު ދުވަހާއި ހަމައަށް ސައުދީން ދިޔައީ އެކަން ސިއްރު ކުރަމުންނެވެ. ހޮނިހިރު ދުވަހު ސައުދީ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ އެގައުމުގެ ޕަބްލިކް ޕްރޮސެކިއުޓަރ ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ޚާޝޯގީގެ މައްސަލާގައި 18 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި ސައުދީ އެޑްވައިޒަރ ސައުދު އަލް ގައްތާނީ އާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހުމަދު އަސިރީ ވަނީ އެދެބޭފުޅުންގެ މަގާމުން ވަކިކުރެވިފައިވާ ކަމަށެވެ.

ޚަޝޯގީ މަރާލާފައިވާ ކަމަށް ސައުދީން ހާމަކޮށްފައިވާއިރު އޭނާގެ ހަށިގަނޑު ވީތަނެއް އަދި ހާމައެއް ނުކުރެއެވެ.

- ކޮމެންޓް