ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 21:55
އިރާގުގެ ރައީސް ކަމަށް ބްރަހަމް ސާލިހް ގާނޫނުހަދާ މަޖިލީހުން އިންތިޚާބުކުރީ މި މަހުގެ ދެވަނަ ދުވަހު
އިރާގުގެ ރައީސް ކަމަށް ބްރަހަމް ސާލިހް ގާނޫނުހަދާ މަޖިލީހުން އިންތިޚާބުކުރީ މި މަހުގެ ދެވަނަ ދުވަހު
ޒިންހުއާނެޓް
އިރާގުގެ އިންތިޚާބު
އާ ސަރުކާރުން އެންމެ އިސްކަމެއް ދެނީ ކޮރަޕްޝަން ނައްތާލުމަށް: އިރާގުގެ ރައީސް
އިރާގުގެ އާއްމު އިންތިޚާބު ބާއްވާފައި ވަނީ މެއިމަހު

އާ ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެނީ ކޮރަޕްޝަން ނައްތާލުމާއި، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ވަޒީފާ ނެތުމުގެ މައްސަލަ ކަމަށް އިރާގުގެ ރައީސް ބްރަހަމް ސާލިހް ހުކުުރު ދުވަހު ވިދާޅުވެއްޖެއެވެ.

ވެރިރަށް ބަޣްދާދުގެ މުތަނަބީ މަގުގައި ބޭއްވި ބައްދަލުވުމެއްގައި ސާލިޙް ވިދާޅުވީ"ދެން އަންނަ ސަރުކާރުން މަސައްކަތް ކުރާނީ ކޮރަޕްޝަނުގެ މައްސަލަތަކަށް އެޑްރެސްކޮށް ކޮރަޕްޓް މީހުން ޖަވާބު ދާރީކުރުވަން" ކަމަށެވެ.

"އާއްމު ޚިދުމަތްތައް ރަނގަޅުކޮށް ވަޒީފާނެތް މައްސަލައަށް އެޑްރެސްކުރުން ވެގެންދާނެ ދެން އަންނަ ސަރުކާރުން ފެންނާނެ ޝައުގުވެރި ކަމަކަށް" އަނބިކަނބަލުން  ސާބާޣް އާއެކު ހުންނަވައި ވިދާޅުވިއެވެ.

ސާލިޙް އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާފައިި މިވަނީ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޕާޓީތަކާއެކު ކުރި އުނދަގޫ މަޝްވަރާތަކަކަށް ފަހު ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީ ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާ ނަންތައް އަންނަހަފްތާގައި ހުށަހެޅުއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައެވެ.

އިރާގުގެ ރައީސް ކަމަށް ކުރުދީންގެ ދުވަސްވީ ސިޔާސީ ލީޑަރެއް ކަމަށްވާ ބްރަހަމް ސާލިހް އެ ގަައުމުގެ ގާނޫނު ހަދާ މަޖިލީހުން އިންތިޚާބު ކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ.

 ބްރަހަމް ސާލިހް އަށް 219 ވޯޓް ލިބިވަޑައި ގެންނެވިއެވެ.

އިރާގުގެ އާއްމު އިންތިޚާބު ބާއްވާފައި ވަނީ މެއިމަހުއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް