ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 06:03
އިނގިރޭސި ވިލާތުގެ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ނިކް ކްލެގް
އިނގިރޭސި ވިލާތުގެ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ނިކް ކްލެގް
ރޮއިޓަރސް
ފޭސްބުކް
ފޭސްބުކްގެ ހެޑް އޮފް ގްލޯބަލް އެފެއާޒްއަށް އިނގިރޭސި ވިލާތުގެ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ
މަގާމާއި ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުން

ފޭސްބުކްގެ ހެޑް އޮފް ގްލޯބަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް ޓީމަށް އިނގިރޭސި ވިލާތުގެ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ނިކް ކްލެގް އައްޔަން ކޮށްފިއެވެ.

ނިކް ކްލެގް އެމަގާމަށް އައްޔަން ކޮށްފައިވާކަން ހާމަކޮށް ފޭސްބުކްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މާކް ޒަކަބާގް އަދި ޗީފް އޮޕަރޭޓިން އޮފިސަރ ޝެރީލް ސޭންޑްބާގް ވިދާޅުވީ އޭނާ އެމަގާމާއި ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާކަމަށެވެ.

"މި ކުންފުނި މިވަގުތު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. މިހާރު ދިމާވަމުންދާ ކަންތައްތަކަކީ ވަރަށް ސީރިއަސް ކަންތައްތަކެއް. އަދި އެކަންތައްތަކުން އަރައިގަންނަން އާ ކަންތައްތަކެއް ބޭނުންވޭ،" ޝެރީލް ސޭންޑްބާގް ވިދާޅުވިއެވެ.

2015 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ކޮންޒަވޭޓިވް ޕާޓީއަށް މެޖޯރިޓީ ލިބުމާއި ގުޅިގެން ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ކަމުގެ މަގާމުން ނިކް ކްލެގް އިސްތިއުފާދެއްވީ އިނގިރޭސި ވިލާތުގެ ލިބަރަލް ޑިމޮކްރަޓިކް ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވުމަށް ފަހުއެވެ. މަގާމުން އިސްތިއުފާދެއްވީ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީތަކުގެ ސިޔާސަތުތަކަށް ރައްޔިތުންގެ އެކަށީގެންވާ ތާއީދެއް ނުލިބުމުންނެވެ.

ދާދިފަހުން ފޭސްބުކް ހެކްކޮށްފައިވާއިރު ހެކް ކޮށްފައިވަނީ 30 މިލިއަން އެކައުންޓް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

- ކޮމެންޓް