ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 16:56
ބޫޓާނުގެ އާ ވެރިއަކަށް ހޮވާފައިވާ ލޮޓޭ ޝެރިންގް
ބޫޓާނުގެ އާ ވެރިއަކަށް ހޮވާފައިވާ ލޮޓޭ ޝެރިންގް
ގެޓީ އިމޭޖަސް
ބޫޓާން
ބޫޓާނުގެ އާ ވެރިއަކަށް ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަން ޑޮކްޓަރު ލޮޓޭ ޝެރިންގް
ޝެރިންގ ނިސްބަތްވާ ޑީއެންޕީ އުފައްދާފައި ވަނީ 2013 ވަނަ އަހަރު
ގާނޫނު ހަދާ މަޖިލީހުގެ 47 ގޮނޑީގެ ތެރެއިން 30 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޑީއެންޕީ އިން
70 ޕަސެންޓް މީހުން ވަނީ ވޯޓުލާފައި

ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގައި ބޫޓާނުގެ އާ ވެރިއަކަށް  ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަން ޑޮކްޓަރު ލޮޓޭ ޝެރިންގް ހޮވި ވަޑައިގެންފިއެވެ.

އެމަނިކުފާނު ވެރިކަމަށް ހޮވިވަޑައިގަތީ ދްރުކް ނިޔަމްރުޕް ޝިގްޕާ (ޑީއެންޕީ) އިންނެވެ.

ބޫޓާނުގެ ރަސްކަން ކުރައްވާ ބޭފުޅެއްގެ ބާރުތައް ހަނިކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން ބޭއްވުނު ތިން އިންތިޚާބު ވެސް ކާމިޔާބު ކޮށްފައިވަނީ ތަފާތު ތިން ޕާޓީއެކެވެ.

ޝެރިންގ ނިސްބަތްވާ ޑީއެންޕީ އުފައްދާފައި ވަނީ 2013 ވަނަ އަހަރުއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ބޫޓާންގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ 47 ގޮނޑީގެ ތެރެއިން 30 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޑީއެންޕީ އިން ނެވެ. އަދި 47 ގޮނޑީގެ ތެރެއިން 11 އަންހެނުން ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބު ކޮށްފައި ވެއެވެ.

ނިމިގެން ދިޔަ ދައުރުގައި ވެރިކަން ކުރި ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) އަށް ވަނީ މިފަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުން އިންތިޚާބަށް އަލްވަދާއު ކިޔަން ޖެހިފައެވެ. ފުރަތަމަ ބުރުގައި ވާދަކޮށްފައި ވަނީ އެގައުމުގެ ހަތަރު ޕާޓީއެކެވެ.

ބޫޓާންގެ ވެރިއަކު ހޮވުމަށް ބޭއްވި މި އިންތިޚާބުގައި އެގައުމުގެ 70 ޕަސެންޓް މީހުން ވަނީ ވޯޓުލާފައެވެ.

- ކޮމެންޓް