އަފްޣާނިސްތާނުގެ ކަންދަހާރުގެ އިސް ވެރިންތަކެއް ތާލިބާނުންގެ ބަޑީގެ ހަަމަލާތަކެއްގައި މަރާލައިފިއެވެ.
ހޮނިހިރު ދުވަހު ބާއްވާ އާއްމު އިންތިޚާބުގެ ކުރިން ތާލިބާނުން ދެމުންދާ ހަމަލާތަކުގައި މަރާލެވުނު ފަރާތްތަކުގެ ތެރޭގައި ޖެނެރަލް އަބްދުލް ރާޒިޤްއާއި ގަވަރނަރ ޒަލްމާއި ވީސާ އަދި އިންޓެލިޖެންސް ކޮމާންޑަރެއް ހިމެނެއެވެ.
އޮފިޝަލަކު ވިދާޅުވީ އެ މީހުން މަރުވެފައިވަނީ ގަވަރނަރއާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ނުކުތްތަނުން ބޮޑީގާޑުދިން ބަޑީގެ ހަމަލާތަކެއްގައި ކަމަށެވެ.
މި ހަމަލާގެ ކުޑަ ހިިނދުކޮޅެއްކުރިން އެ ބައްދަލުވުމުގައި، އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ އެންމެ އިސް ކޮމާންޑަރ ސްކޮޓް މިލަރ ވެސް ބައިވެރިވެފައިވެއެވެ.
ހަމަލާގެ ޒިންމާ ނަގައި ތާލިބާނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ހަމަލާ އަމާޒުކުރީ މިލަރ އަދި ރާޒިޤަށްކަމަށާއި އެ ދެ މީހުންނަކީ އެ ޖަމާއަތާ ދެކޮޅުހެދުމުގައި ޖެހިލުންކުޑަ ދެމީހުންގެ ގޮތުގައި ގަދަރު ލިބިފައިވާ ބައެއްކަމަށެވެ.
ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަށް ހުރަސް އަޅާނެކަމަށް ތާލިބާނުން ބުނެފައިވާއިރު ރާޒިޤް މަރާލުމަކީ އަފްޣާނިސްތާނުގެ ސަރުކާރަށް ލިބިގެންދާނެ ދެރައެކެވެ.
ކާބުލްގައިހުރި އަލް ޖަޒީރާގެ ރިޕޯޓަރ ބުނެފައިވަނީ އެ ހަމަލާގައި އެމެރިކާގެ ދެ އޮފިޝަލަކުވެސް ޒަޚަމްވެފައިވާކަމަށެވެ.
އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކުވެސް މަރާލާފައެވެ.