ކ. މާލެ
|
16 އޮކްޓޯބަރ 2018 | އަންގާރަ 11:01
މައިކްރޮސޮފްޓްގެ ކޯ ފައުންޑަރ ޕައުލް އެލެން
މައިކްރޮސޮފްޓްގެ ކޯ ފައުންޑަރ ޕައުލް އެލެން
ރޮއިޓަރސް
ޕައުލް އެލެން މަރުވުން
މައިކްރޮސޮފްޓްގެ ކޯ ފައުންޑަރ ޕައުލް އެލެން 65 އަހަރުގައި މަރުވެއްޖެ
އެލެން ވަނީ 37 އަހަރުގައި ބިލިއަނަރަކަށް ވެފައި
އެލެން މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް

ކޮމްޕިއުޓަރު ހާޑްވެޔާ އާއި ސޮފްޓްވެއާގެ ވިޔަފާރީގައި އެންމެ ނަން ހިނގާ ކުންފުނި މައިކްރޮސޮފްޓްގެ "ކޯ ފައުންޑާ" ޕައުލް އެލެން 65 އަހަރުގައި މަރުވެއްޖެއެވެ.

ކެންސަރަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދަމުންދިޔަ ބިލިއަނާ އެލެން މަރުވީ ހޯމަ ދުވަހު ކަމަށް އޭނާގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

މައިކްރޮސޮފްޓް 1975 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާއިރު، 1980 ގެ ކުރީކޮޅު އެލެން ވަނީ އެ ކުންފުނި ދޫކޮށްލާފައެވެ. އޭނާ އެ ކުންފުނި ދޫކޮށްލީ ކެންސަރު ހުރިކަން އެނގުމުންނެވެ.

އެލެން މައިކްރޮސޮފްޓް ވުޖޫދަށް ގެނައީ އެ ކުންފުނީގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ ބިލްގޭޓްސްއާ އެކުއެވެ. އެގޮތުން އެ ދެ މީހުން ދިމާވީ 1968 ވަނަ އަހަރު ސްކޫލުންނެވެ. މައިކްރޮސޮފްޓް ވުޖޫދަށް ގެނައީ "ޓީނޭޖް" ދުވަސްވަރު އެ ދެ މީހުން ފެށި މަސައްކަތުންނެވެ.

އުމުރުން 37 އަހަރުގައި ބިލިއަނަރަކަށްވި އެލެން ވަނީ 2000 ވަނަ އަހަރުގެ ނިޔަލަށް މައިކްރޮސޮފްޓްގެ ބޯޑުގައި ހިދުމަތްކޮށްފައެވެ. އޭނާ މަރުވިއިރު، މިލްކިއްޔާތުގައި 20.3 ބިލިއަން ޑޮލަރު ހުއްޓެވެ. 

- ކޮމެންޓް