ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 19:18
ޚަޝޯގީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސުލޭޓް އިމާރާތަށް ވަން ފަހުން ފެނިފައެއް ނުވޭ
ޚަޝޯގީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސުލޭޓް އިމާރާތަށް ވަން ފަހުން ފެނިފައެއް ނުވޭ
ޓްވިޓަރ
ޖަމާލް ޚަޝޯގީ
ޚަޝޯގީ ގެއްލުން:ސައުދީ ރަސްގެފާނަށް ރައީސް ޓްރަމްޕް ގުޅުއްވައިފި
ރައީސް ޓްރަމްޕް ވަނީ ސެކްރެޓަރީ އޮފް ސްޓޭ ސައުދީއަށް ފޮނުއްވުމަށް ނިންމަވާފައި

ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށް ފޯނުންގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް ޓްރަމްޕްވަނީ ޚަޝޯގީއަށް ވީ އެއްވެސް ގޮތެއް އެނގިވަޑައިނުގަންނަވާކަމަށް ރަސްގެފާނު ސަލްމާނު ވިދާޅުވިކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޓްރަމްޕްވަނީ ރަސްގެފާނާ ބައްދަލުކުރެއްވުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަގުތުން ފޮނުއްވާނެކަމަށް ވިދާޅުވެފައެވެ.

އިސްތަންބޫލްގައި ހުންނަ ތުރުކީގެ ކޮންސިއުލޭޓް ތުރުކީގެ އޮފިޝަލުން ހޯމަ ދުވަހު ހަވީރު ބަލައި ފާސްކުރާނެ ތުރުކީގެ ފޮރިން މިނިސްޓަރ ވިދާޅުވިކަމަށް އޭއެފްޕީ ރިޕޯޓްކޮށްފައިވެއެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔާ ޚަޝޯގީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސުލޭޓް އިމާރާތަށް ވަން ފަހުން ފެނިފައެއް ނުވެއެވެ.

ޚަޝޯގޯ ހިނގާފައި ގޮސް ކޮންސިއުލޭޓް އޮފީހަށް ވަންނަ ސީސީޓީވީ ފުޓޭޖް ތުރުކީ ޓީވީން ވަނީ ދައްކާފައެވެ.

ޚަޝޯގީ އެ އޮފީހަށް ގޮސްފައި ވަނީ އޭނާގެ ތުރުކީ ލޯބިވެރިޔާ، ހަޓިސް ސެންޖިޒްއާ ކައިވެނިކުރުމަށްޓަކައި ކުރީގެ ކައިވެނީގެ ލިޔުންތަކެއް ނެގުމަށެވެ.

ސައުދީ އިންޓެލިޖެންސް އޮފިސަރުންތަކެއް ކަމަށް ބުނާ ފިރެހެނުންތަކެއް ތުރުކީއަށް ވަނުމަށް ފަހު އެނބުރިދާ މަންޒަރު ދައްކައިދޭ ވީޑިއޯ ފުޓޭޖެއް ވެސް ވަނީ އާއްމުވެފައެވެ.

ޖުމްލަ 15 މެމްބަރުންގެ ވަރުގަދަ ޓީމެއް ފެނިފައިވާއިރު ޚަޝޯގީ ގެއްލުމުގައި އެ މީހުންގެ ބައިވެރިވުންވާ ކަމަށް ވަނީ ބުނެވިފެވެ.

 

- ކޮމެންޓް