ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 05:52
މިސްރުގެ ކޯޓުތަކުންވަނީ މި ވޭތުވެދިޔަ ހަފްތާތަކުގައި ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް މަރުގެ ހުކުމްކޮށްފައި
މިސްރުގެ ކޯޓުތަކުންވަނީ މި ވޭތުވެދިޔަ ހަފްތާތަކުގައި ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް މަރުގެ ހުކުމްކޮށްފައި
އަލްޖަޒީރާ
މިސްރުގެ ހަމަނުޖެހުން
ފުލުހުން މެރިކަން ސާބިތުވެ މިސްރުގައި ތިން މީހަކަށް މަރުގެ ހުކުމް
އިތުރު ހަތަރު މީހަކު އުމުރަށް ޖަލަށްލުމަށްވަނީ ހުކުމްކޮށްފައި

ފުލުހަކު މަރާލުމުގައި ބައިވެރިވުމާއި ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާތީ މިސްރުގެ ކޯޓަކުން ތިން މީހެއްގެ މައްޗަށް ،މަރުގެ ހުކުމް އިއްވައިފިއެވެ.

ގާހިރާގެ ކްރިމިނަލް ކޯޓުން އާދީއްތަދުވަހުވަނީ އެ ތިން މީހުންނަކީ އޯގަސްޓް 2013 އާއި މެއި 2014 އާއިދެމެދު، 10 ފުލުހަކު މަރާލުމުގައި އެމީހުން ބައިވެރިވެފައިވާކަމަށް ސާބިތުވާ ނިންމާފައެވެ.

އެ މީހުންގެ މައްޗަށް ކުރެވުނު ދައުވާތަކުގެ ތެރޭގައި އަންސަރު އަލް ޝަރިއާ ނަމަކަށްކިޔާ ހަނގުރާމަވެރި ޖަމާއަތެއް އުފައްދާ ހިންގުން ހިމެނެއެވެ.

މި މައްސަލައިގައި އެއް ބަޔަކަށް މަރުގެ ހުކުމް އިއްވިއިރު، ހަތަރު މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިއެވެ. މިސްރުގައި އުމުރު ދުވަހުގެ ޖަލު ހުކުމް މާނަ ކުރަނީ 25 އަހަރުގެ ޖަލު ހުކުމެވެ.

މީގެ އިތުރުން  ހަތް މީހަކު 15 އަހަރަށް ޖަލަންލާން ހުކުމްކޮށްފައެވެ. 

މިސްރުގެ ކޯޓުތަކުންވަނީ މި ވޭތުވެދިޔަ ހަފްތާތަކުގައި ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް މަރުގެ ހުކުމްކޮށްފައެވެ.

ބުރާސްފަތި ދުވަހު މިސްރުގެ އަސްކަރީ ކޯޓުންވަނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ޗަރޗްތަކަށް ދިން ހަމަލާތަކާއި ގުޅިގެން 17 މީހަކަށް މަރުގެ ހުކުމް އިއްވާފައެވެ.

ހޯމަ ދުވަހުވަނީ އައިއެސްއަށް ނިސްބަތްވި ހަތަރު މީހަކަށް މަރުގެ ހުކުމް އިއްވާފައެވެ.

 

 

- ކޮމެންޓް