ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 15:48
މި އަހަރުގެ ކުރީކޮޅު ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި ބޮޑުވަޒީރު މަހާތީރު މުހައްމަދުވަނީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ
މި އަހަރުގެ ކުރީކޮޅު ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި ބޮޑުވަޒީރު މަހާތީރު މުހައްމަދުވަނީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ
އޭޕީ
ަމަރުގެ އަދަބު
މެލޭޝިއާގައި މަރުގެ އަދަބު އުވާލަނީ
މިހާރުވެސް 1،200 މަރުގެ ހުކުމް އިއްވިފައިއެބަތިބި

މެލޭޝިއާގައި މަރުގެ އަދަބު އުވާލައި މިހާރު މަރުގެ ހުކުމް އިއްވިފައިވާ ފަރާތްތަކުގެ ހުކުމް ތަންފީޒު ނުކޮށް މަޑުޖައްސާލުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ބައިނަލްއަގްވާމީ މުޖުތަމައުއާއި ބޭރުގެ ޑިޕްލޮމޭޓުން ގެންދަވަނީ އެ ފިޔަވަޅަށް މަރުހަބާ ކިޔަމުންނެވެ.

މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލުމަށް މެލޭޝިއާގެ ގާނޫނުހަދާ މަޖިލީހަށް އެގައުމުގެ ސަރުކާރުން ހުށަހަޅައި ހޯމަ ދުވަހު ބަހުސްކުރާނެ ކަމަށް ބެލެވެއެވެ.

"މަރުގެ ހުރިހާ އަދަބެއް ހުއްޓާލެވޭނެ. ފުލް ސްޓޮޕް" ލޯ މިނިސްޓަރ ލިއު ވުއި ކިއޯންގއާ ހަވާލާދީ ޗެނެލް ނިއުސް އޭޝިއާގައި ރިޕޯޓް ކޮށްފައިވެއެވެ.

ކިއޯންގވަނީ ނިންމުން ތަންފީޒު ކުރެވެންދެން މަރުގެ ހުކުމް އިއްވާފައިވާ ހުރިހާ މައްސަލަތަކެެއް މަޑުޖައްސާލުމަށް އަންގަވާފައެވެ.

މެލޭޝިއާގައި މިހާރު ވެސް 1،200 މަރުގެ ހުކުމް އިއްވިފައިއެބަތިއްބެވެ. މެލޭޝިއާގައި މަރުގެ އަދަބު ދެވޭ ކުށްތަކުގެ ތެރޭގައި މަރުގެ މައްސަލަތަކާއި،ކިޑްނޭޕްކުރުމާއި ޑްރަގް ޓްރެފިކިންގ އަދި ގައުމަށް ގައްދާރުވުން ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 އޮކްޓޯބަރ 2018 | ބުރާސްފަތި 21:30
living dead
he looks like the living dead