ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 12:49
ޝަރީއަތް ހިނގަމުންދިޔައިރު ސަލާމަތީ ކަންކަންވަނީ ވަރުގަދަ ކުރެވިފައި
ޝަރީއަތް ހިނގަމުންދިޔައިރު ސަލާމަތީ ކަންކަންވަނީ ވަރުގަދަ ކުރެވިފައި
މުހައްމަދު ޝަރުހާން
ޝެއިޚް ހަސީނާ
ބަންގްލަދޭޝްގައި 2004 ވަނަ އަހަރު ދިން ހަމަލާއެއްގައި ބައިވެރިރިވި 19 މީހަކަށް މަރުގެ ހުކުމްކޮށްފި
ހަމަލާ ދެވުނީ އޭރުގެ އިދިކޮޅު ލީޑަރު ޝެއިޚް ހަސީނާ ހުންނެވި ރެލީއަކަށް

ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް އަމާޒުކޮށް 2004 ވަނަި އަހަރު ދިން ހަމަލާއާ ގުޅިގެން ކުރީގެ ދެ ވަޒީރަކު ވެސް ހިމެނޭ ގޮތުން 19 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައި އިދިކޮޅު އިސް ލީޑަރަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

"ކަރުގައި ވާޖަހައި އެމީހުން ދަންޖެއްސިދާނެ" ޚާއްސަ ޓްރައިބިއުނަލްގެ ފަނޑިޔާރު ޝާހިދު ނޫރައްދީން ވިދާޅުވިއެވެ.

މިހާރު ގައުމުން ބޭރަށް އަރުވާލެއްވިގެން އުޅުއްވަމުންދާ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ފިރެހެން ދަރިކަލުން ތާރިޤް ރަހްމާންގެ މައްޗަށް ވެސް ހުކުމް އިއްވެވީ ފަނޑިޔާރު ޝާހިދްއެވެ.

ޒިއާ މި ވަގުތު ވެސް ހުންނެވީ ކޮރަޕްޝަނުގެ މައްސަލައެއްގައި ޑާކާގެ ޖަލެއްގައެވެ. މި ހުކުމް އައިސްފައި ވަނީ މި އަހަަރުގެ ފަހުކޮޅު ބާއްވާ އާއްމު އިންތިޚާބުގެ ކުރިންނެވެ.

ބަންގަލަދޭޝްގެ އިދިކޮޅު ޕާޓީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އެކްޓިންގ ޗެއަރމަން ރަހުމާން 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ ޣައިރު ހާޒިރުގައެވެ. 2008 ވަނަ  އަހަރުން ފެށިގެން އޭނަ ދިރިއުޅުއްވަމުން ގެންދަވަނީ ލަންޑަންގައެވެ.

ބަންގްލަދޭޝްގެ ލޯ މިނިސްޓަރ އަނީސުލް ހައްޤު ވިދާޅުވީ ރަހްމާނަށް ވެސް މަރުގެ ހުކުމް އިއްވޭތޯ ސަރުކާރުން ހައި ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށެވެ.

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރަކަށް ޝެއިޚް ހަސީނާ ހުންނަވައި އެކަމަނާގެ އަވާމީ ލީގް ޕާޓީން ޑާކާގައި ކުރިޔަށްގެންދިޔަ އެއްވުމަކަށް އަމާޒުކޮށް 2004 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 21 ވަނަ ދުވަހު ވަނީ ގްރެނޭޑް ހަމަލާތަކެއް ދީފައެވެ.

އެ ހަމަލާއިން ހަސީނާ ހަނިގޮތަކަށް ސަލާމަތްވެ ވަޑައިގެންނެވީ އެކަމަނާގެ ޕާޓީގެ ލީޑަރުންނާއި މެމްބަރުން އެކަމަނާ ވަށާލައި އިންސާނީ އައްޑަނަތަކަކަށް ވެވަޑައިގަތުމުންނެވެ. އެ ހާދިސާގައި އަވާމީ ލީގުގެ އިސް ލީޑަރެއް ކަމަށްވާ އައިވީ ރަހްމާން ހިމެނޭ ގޮތުން 20 މީހަކު މަރުވިއެވެ.

- ކޮމެންޓް