ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 07:16
ރައީސް ޓްރަމްޕާއެކު ކިމް ބޭއްވެވި ބައްދަލުވުމުގެ ކުރިން ޕޮމްޕެއޯވަނީ ކިމްއާ ބައްދަލުކުރައްވާފައި
ރައީސް ޓްރަމްޕާއެކު ކިމް ބޭއްވެވި ބައްދަލުވުމުގެ ކުރިން ޕޮމްޕެއޯވަނީ ކިމްއާ ބައްދަލުކުރައްވާފައި
ރޮއިޓަރސް
އުތުރުކޮރެއާގެ މައްސަލަ
ޕޮމްޕެއޯ އަނެއްކާވެސް އުތުރު ކޮރެއާގެ ލީޑަރާ ބައްދަލުކުރައްވަނީ
ކިމްއާއި ޓްރަމްޕްވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު ބައްދަލުކުރައްވާފައި

ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް ކުރެވޭ މަޝްވަރާގެ އިތުރު ބުރެއް ކުރިޔަށް ގެންދެވުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އަންނަ އާދީއްތަ ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ބައްދަލުކުރައްވާނެކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ.

ކޮރެއާގެ ލީޑަރާއެކު ބާއްވަވާ ބައްދަލުވުންތަކުގެ އިތުރުން އެމެރިކާގެ ބައިވެރިންކަަމަށްވާ ދެކުނު ކޮރެއާއާއި ޖަޕާނަށްވެސް ޕޮމްޕެއޯ ވަޑައިގަންނަވާނެކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ހެދަރ ނޯއާޓް ވިދާޅުވިއެވެ. މީގެ އިތުރުން އުތުރު ކޮރެއާގެ އެންމެ ގާތް ބައިވެރިޔާ ޗައިނާއަށްވެސް ޕޮމްޕެއޯ ވަޑައިގަންނަވާނެއެވެ.

އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުމާބެހޭ އެއްބަސްވުމެއް އުތުރުކޮރެއާއާއެކު ވެވޭތޯ ކުރަމުންދާ މަސައްކަތުގައި ޕޮމްޕެއޯ އުތުރު ކޮރެއާއަށް ވަޑައިގަންނަވާ މިއީ ހަތަރުވަނަ ފަހަރެވެ.

ޕިޔޯންގޔަންގ އިން އުއްމީދު ކުރަމުންދަނީ  އެއްބަސްވުމަކަށް ގޮސްގެން  އެ ގައުމަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިގެންދާނެކަމަށެވެ.

ނިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ ކަންކަމާ މަޝްވަރާކުރުމަށް އަނެއްކާވެސް ޕިޔޯންގޔަންގއަށް ވަޑައިގަތުމަށް ޕޮމްޕެއޯއަށް ދައުވަތު އަރުވާފައިވަނީ މިިދިޔަ ހަފްތާގައި ކުރިޔަށްދިޔަ އދގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ރީ ޔޮންގ ހޯ އާ އެކު ބޭއްވެވި ބައްދަލުވުމަށްފަހުއެވެ.

ޕޮމްޕެއޯގެ ދަތުރުފުޅު ހޮނިހިރު ދުވަހު ފައްޓަވާނީ ޖަޕާނުންނެވެ. މި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލުކުރައްވާނެއެވެ.

ޖަޕާނަށްފަހު ޕޮމްޕެއޯ ވަޑައިގަންނަވާނީ ދެކުނުކޮ ކޮރެއާއަށެވެ. އުތުރު ކޮރެއާއާއެކު ސުލްހައިގެ މަގަށް އައުމުގެ މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިން އިންއާ ޕޮމްޕެއޯ ބައްދަލުކުރައްވާނެއެވެ.

އޭގެ ފަހުން ބެއިޖިންއަށް ވަޑައިގަންނަވާނެކަމަށް ނޮއަރޓް ވިދާޅުވި ނަމަވެސް ބައްދަލުކުރައްވާ އޮފިޝަލުން ވިދާޅެއް ނުވެއެވެ.

ޖޫން މަހުގެ 12 ވަނަ ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވަނީ ސިންގަޕޫރުގައި ބައްދަލުކުރައްވައި، އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ދެ ޤައުމުގެ ލީޑަރުން ފުރަތަމަ ފަހަރަށް ބޭއްވި މި ބައްދަލުވުމުގައި އުތުރު ކޮރެއާއިން ވަނީ އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލާނެކަމަށް އެއްބަސްވެފައެވެ. އަދި ބަދަލުގައި އެމެރިކާއިން ވަނީ އުތުރު ކޮރެއާއާއި ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމަށް އެއްބަސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް