ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 07:19
އަގަންގް ވަނީ އޭނާގެ ފުރާނައަށް ބެލުމެއްނެތި ސަތޭކައަށްވުރެ ގިނަ މީހުންގެ ފުރާނަ ރައްކާތެރި ކޮށްދީފައި
އަގަންގް ވަނީ އޭނާގެ ފުރާނައަށް ބެލުމެއްނެތި ސަތޭކައަށްވުރެ ގިނަ މީހުންގެ ފުރާނަ ރައްކާތެރި ކޮށްދީފައި
އިންޑޮނޭޝިއާ އެއާނެވް
އިންޑޮނޭޝިއާގެ ބިންހެލުން
ބިންހެލުން އައި ވަގުތު ފުރަން ތައްޔާރުވެފައި އޮތް މަތިންދާ ބޯޓު ސަލަމާތްކޮށްދޭން ފުރާނަ ދުއްވާލި ޒުވާނާއަށް ތައުރީފް އޮހެނީ
އަގަންގް އަކީ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގައި ހުރި ހަމއެކަނި މުވައްޒަފު
އެއާ ފްލައިޓް 6321 މަތިންދާބޯޓު ވައިގެތެރެއަށް ފޮނުވާލެވުނީ އަގަންގެ މަސައްކަތުން

އިންޑޮނީޝިއާއަށް ބިންހެލުން އައި ވަގުތު ފުރަން ތައްޔާރުވެފައި އޮތް މަތިންދާ ބޯޓު ސަލާމަތްކޮށްދޭން ފުރާނަ ދުއްވާލި ޒުވާނާއަށް އެތައް ހާސް ބައެއްގެ ތައުރީފް އޮހެން ފަށައިފިއެވެ.

އަންތޯނިއަސް ގަންއަވަން އަގަންގް އަކީ ބިންހެލުން އައި ސުލަވޭސީ ޕްރޮވިންސްގެ ކެޕިޓަލް ޕާލޫގެ އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގައި އެވަގުތު ހުރި ހަމައެކަނި މުވައްޒަފެވެ. އެހެން އެންމެން ވަނީ ބިން ހެލުން އައުމާއެކު އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް އެ ޓަވަރު ދޫކޮށް ފިލާފައެވެ.

އެއާޕޯޓުގެ އިމާރާތްތައް  ތަޅުވައި ރަންވޭގައި ރެދުލަމުން ދިޔައިރުވެސް 21 އަހަރުގެ އަގަންގް އުޅުނީ އުދުއްސައިގަންނަން ތައްޔާރުވެފައިވާ އެންމެ ފަހު މަތިންދާ ބޯޓު ސަލާމަތުން ވައިގެ ތެރެއަށް ފޮނުވާލާށެވެ. އޭނާގެ މަސައްކަތުން ބަޓިކް އެއާ ފްލައިޓް 6321 މަތިންދާ ބޯޓު ވަނީ ވައިގެތެރެއަށް ފޮނުވާލާފައެވެ.

މަތިންދާ ބޯޓު އުދުއްސައިގަތް ވަގުތު އޭނާ ހުރި އިމާރާތް އާދަޔާ ޚިލާފަށް ތެޅުނެވެ. އެ އިމާރާތުގެ އެތެރެއަށް ވަދެގެން ތިރިއަށް ފައިބަން ވެއްޖެނަމަ އެ އިމާރާތުގައި ތާށިވެދާނެތީ އޭނާ ނިންމީ އެ އިމާރާތުން ފުންމާލާށެވެ. ހަތަރު ބުރީގެ އެ އިމާރާތުން ފުންމާލި އަގަންގް ބިމުގައި ޖެހުމާއެކު ފައި ބިންދާގެން ގޮސް ހަށިގަނޑަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ނަތިޖާއަކަށްވީ އެމެޖެންސީކޮށް އަގަންގް ހޮސްޕިޓަލަށް ގެންދިއުމެވެ. އެތަނުގައި ތިބި ޑޮކްޓަރުން އަގަންގް ބެލުމަށްފަހު ނިންމީ އެއަށްވުރެ ޚިދުމަށް ރަގަނޅު ހޮސްޕިޓަލަކަށް އޭނާ ފޮނުވުމަށެވެ. ނަމަވެސް ހެލިކަޕްޓަރުގައި އަގަންގް ގެންދިކޮށް ވަނީ ނިޔާވެފައެވެ.

އެއާ ނެވިގޭޝަން އިންޑޮނޭޝިއާއިން ބުނީ އަގަންގް ދެއްކީ ހަގީގީ ހިތްވަރުކަމަށެވެ. އޭނާގެ ސަބަބުން އެތަކެއް ސަތޭކަ މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައިވާކަން އެއާ ނެވިގޭޝަން އިންޑޮނޭޝިއާއިން ވަނީ ފާހަގަ ކޮށްފައެވެ.

އޭނާގެ ހިތްވަރަށް މުޅި ދުނިޔޭގައި ވެސް މީހުން ދަނީ ތައުރީފް ކުރަމުންނެވެ. ބައެއް މީހުން ދަނީ އެ އެއާޕޯޓުގެ ނަން އޭނާގެ ނަމަށް ބަދަލު ކުރުމަށް ވެސް ގޮވާލަމުންނެވެ.

- ކޮމެންޓް