ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 11:31
ސޫކީއަށް ރައްވެހިކަމުގެ ޝަރަފު ކެނެޑާ އިން އަރުވާފައި ވަނީ 2007 ވަނަ އަހަރު
ސޫކީއަށް ރައްވެހިކަމުގެ ޝަރަފު ކެނެޑާ އިން އަރުވާފައި ވަނީ 2007 ވަނަ އަހަރު
ސީ.އެން.އެން
ރޮހިންޖާ މައްސަލަ
ސޫކީއަށް ދީފައިވާ ޝަރަފު އަތުލުމަށް ކެނެޑާ އިން ނިންމައިފި
ކެނެޑާއިން މި ޝަރަފް އަރުވާފައި ވަނީ އެންމެ ހަ ފަރާތަކަށް

މިޔަންމާގެ ލީޑަރު އަންގ ސަން ސޫ ކީއަށް ކެނެޑާ އިން ދީފައިވާ ރަމްޒީ ރައްވެހިކަން އަތުލުމަށް ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މި ފަދަ ކަމެއް އެ ގައުމުން ފާސްކޮށްފައި މި ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާ އިން ހިންގި ގަތުލު އާއްމު ހުއްޓުވުމަށް އެކަމަނާ ފެއިލްވެ ވަޑައިގަތުމުންނެވެ.

މިޔަންމާއަށް ޑިމޮކްރަސީ ގެނައުމަށް ކުރެއްވި މަސައްކަތާ ގުޅިގެން ސޫކީއަށް ވަނީ  1991 ވަނަ އަހަރު ނޮބެލް ސުލްހައިގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ. މިޔަންމާ ނުވަތަ ބަރުމާ އޭރު އޮތީ އަސްކަރީ ވެރިކަމެއްގެ ތެރޭގައެވެ.

ރޮހިންޖާ މުންސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާމާއި ގުޅިގެން މިޔަންމާގެ އަސްކަރިއްޔާގެ ލީޑަރުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭ ކަމަށް އދ. އިން މިދިޔަ މަހު ނެރުނު ތަހުގީގީ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

ވޭތުވެ ދިޔަ 12 މަސްދުވަހުގެ ތެރޭގައި މަދުވެގެން 700،000 ރޮހިންޖާ މުސްލިމުން ވަނީ ގައުމު ދޫކޮށް ގޮސްފައެވެ.

ކެނެޑާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުން މި ވޯޓް ނަގާފައި ވަނީ ރައްވެހިކަމުގެ ޝަރަފު އަދިވެސް ސޫކީއަށް ހައްގުތޯ ކެނެޑާގެ ބޮޑުވަޒީރު  ޖަސްޓިން ޓްރޫޑޯ ސުވާލު އުފެއްދެވިތާ އެއް ދުވަހުގެ ތެރޭގައެވެ.

ނަމަވެސް ބޮޑުވަޒީރު ޓްރޫޑޯ ވަނީ އެ ފިޔަވަޅީ އެތައް ހާސް ރޮހިންޖާ މުސްލިމުންނަކަށް ދިމާވެފައިވާ ދަތިކަން ފިލާނެ ފިޔަވަޅެއް ނޫން ކަމަށެވެ.

ސޫކީއަށް ރައްވެހިކަމުގެ ޝަރަފު ކެނެޑާއިން އަރުވާފައި ވަނީ 2007 ވަނަ އަހަރުއެވެ. މިއީ އެ ގައުމުން އެންމެ ހަ ފަރާތަކަށް އަރުވާފައިވާ ޝަރަފެކެވެ.

- ކޮމެންޓް