ދުނިޔެ ހޫނުވެ ދުނިޔޭގައިވާ ގަނޑުފެންތައް ވިރެމުންދާ މިންވަރު ބަލައިލެވޭނެ ސެޓެލައިޓެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ހޮނިހިރު ދުވަހު ޖައްވަށް ފޮނުވާލައިފިއެވެ.
ނާސާއިން ސިފަކުރާ ގޮތުގައި މިއީ އޯބިޓަށް ފޮނުވާލެވޭ އެންމެ ޒަމާނީ ސްޕޭސް ލޭޒަރ އެވެ.
ނާސާގެ މި އުޅަނދު ފޮނުވާލާފައި މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ގަނޑުފެންތައް ވިރެމުންދާ މިންވަރާމެދު ސައިންސްވެރިންގެ ކޮންބޮޑުވުން އިތުރުވަމުންދާ ވަގުތެއްގައެވެ.
އައިސްސެޓް 2 ގެ ނަންދީފައިވާ މި ސެޓެލައިޓުން ދުނިޔޭގެ ގަނޑުފެން ވިރެމުންދާ މިންވަރު ބެލުމަށްފަހު އަހަރަކު ހަތަރު ފަހަރު ނަތީޖާތައް ފޮނުވަމުންގެންދާނެއެވެ.
މިފަދަ ޕްރޮޖެކްޓެއް 2003 ވަަނަ އަހަރުވެސް ފަށާފައިވާއިރު އެ ޕްރޮޖެކްޓް ހަ އަހަރުވަންދެން ކުރިޔަށް ގެންގޮސްފައިވެއެވެ.
The six warmest years on record have all occured since 2010, according to the US National Oceanic and Atmospheric Administration.
The ICESAT-2 launch comes at a time when many climate change projects in the US have been cancelled by the Trump administration.