ކ. މާލެ
|
4 ސެޕްޓެންބަރ 2018 | އަންގާރަ 19:42
މެލޭޝިއާގެ ފައިނޭންސް މިނިސްޓަރު ލިމް ގުއާން އެންގު
މެލޭޝިއާގެ ފައިނޭންސް މިނިސްޓަރު ލިމް ގުއާން އެންގު
ޓްވިޓަރ
ކޮރަޕްޝަން ތުހުމަތުތައް
މެލޭޝިއާގެ ފިނޭންސް މިނިސްޓަރުގެ މައްޗަށް ކޮރަޕްޝަން މައްސަލަސާބިތެއް ނުވި!
ލިމްގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްފައިވާ ކަމުގެ ތުގުމަތު ކޮށްފައި
އިދިކޮޅުން ބުނީ ލިމްގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ޝަރީއަތެއް ކަމަށް

މެލޭޝިއާގެ މިހާރު ފައިނޭންސް މިނިސްޓަރު ލިމް ގުއާން އެންގުގެ މައްޗަށް މީގެ ދެ އަހަރު ކުރިން ނަޖީބް ރައްޒާގުގެ ބޮޑުވަޒީރުކަމުގެ ދައުރުގައި ހުށަހެޅި ކޮރަޕްޝަނުގެ މައްސަލަ ސާބިތު ނުވާ ކަމަށް ޕެނާންގްގެ ހައި ކޯޓުން ނިންމައިފިއެވެ.

ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރާ ދެކޮޅަށް އެކުލަވާލި ކޯލިޝަނުގައި އިސް ދައުރެއް އަދާކުރެއްވި ލިމްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކޮށްފައި ވަނީ މާޗު މަހުއެވެ. އޭރު އޭނާ އަކީ އުތުރުގެ ޕެނާންގް ސްޓޭޓުގެ ޗީފް މިނިސްޓަރެވެ. އެ ސްޓޭޓްއަކީ މެލޭޝިއާގައި ދެވަނައަށް އެންމެ މުއްސަދި ސްޓޭޓްއެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން މާކެޓް ރޭޓަށް ވުރެ ހެޔޮ އަގުގައި ދެ ބުރީގެ ގެއެއް ގަނެފައިވާ މައްސަލައެކެވެ. ނަމަވެސް މިހާރުގެ ބޮޑުވަޒީރު މަހާތިރް ބިން މުހައްމަދު އިސްވެ ހުންނަވައިގެން، ހިންގެވި އިދިކޮޅު ހަރަކާތުގެ ބައިވެރިން ބުނީ އެ ޝަރީއަތަކީ ސިޔާސީ ޝަރީއަތެއް ކަމަށެވެ.

މަހާތިރުއާ ވާދަކޮށް ބިލިއަނުން ކޮރަޕްޝަން ހިންގައިފައިވާ ކަމުގެ ތުހުމަތުތައް ރައްޔިތުން އަޅުވައިފައިވާ ނަޖީބު ރައްޒާގް މިއަހަރު ކުރީކޮޅު ބޭއްވި އިންތިހާބުގައި ބަލިވީ ހީވެސް ނުކުރާހާ ގޮތަށެވެ.

އޭގެ ފަހުން ގައުމު ހަމަމަގަށް އެޅުވުމަށް މަހާތިރު މަސައްކަތް ކުރަމުންދާ ދަޑިވަޅެއްގައި، ޕްރޮސެކުޓަރ ޖެނެރަލް އޮފީހުން ވަނީ އެ މައްސަލަ އަބުރާ ނަގާފައެވެ. އެއާއެކު ގާޒީ ވަނީ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އޭނާ ކުށްވެރިވި ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެކަމަކު މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ބުނެފައި ވަނީ ކޯޓުގެ ހުކުމަކީ ލިބުނު ޝޮކެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް