ކ. މާލެ
|
2 ސެޕްޓެންބަރ 2018 | އާދީއްތަ 18:32
ޕާކިސްތާނާއިމެދު އެމެރިކާއިން ކުރާ ތުހުމަތުތައް ޕާކިސްތާނުން ދޮގުކުރޭ
ޕާކިސްތާނާއިމެދު އެމެރިކާއިން ކުރާ ތުހުމަތުތައް ޕާކިސްތާނުން ދޮގުކުރޭ
ގެޓީ އިމޭޖަސް
ރިޔާސީ އިންތިޚާބު 2018
ޕާކިސްތާނަށް ދޭ އަސްކަރީ އެހީއިން 300 މިލިއަން ޑޮލަރު އެމެރިކާއިން ކަނޑާލައިފި
އެހީތައް ކަނޑާލާނެކަމުގެ އިޝާރާތެއް ކުރިންވެސް އެމެރިކާއިން ދިން
ޕާކިސްތާނުގެ އިތުރުން ފަލަސްތީނަށް އެހީވާ އދގެ ޖަމްއިއްޔާއަށް ދޭ އެހީވެސް އެމެރިކާއިން ވަނީ ކަނޑާލާފައި

ޕާކިސްތާނަށް ދޭ އަސްކަރީ އެހީއިން 300 މިލިއަން ޑޮލަރު ކަނޑާލުމަށް އެމެރިކާއިން ނިންމައިފިއެވެ. 

އެމެރިކާގެ ދިފާޢި ވުޒާރާ ޕެންޓަގަންއިން ބުނީ ޕާކިސްތާނަށް ދޭ އެހީއިން ބައެއް ކަނޑާލަން ޖެހުނީ ހަނގުރާމަވެރި ޖަމާޢަތްތައް ހުއްޓުވުމަށް އެޤައުމުގެ އަސްކަރިއްޔާއަށް ނުކުޅެދުމުންކަމަށެވެ. ޕެންޓަގަންއިން ބުނީ އެމެރިކާއިން ދޭ އެހީގެ ދާއިރާތައް އިތުރަށް އެޤައުމުން ވިސްނަމުންދާކަމަށެވެ. ޕާކިސްތާނަށް ދޭ އަސްކަރީ އެހީ ކަނޑާލާނެކަމަށް އެމެރިކާއިން ރަސްމީކޮށް ހޮނިހިރު ދުވަހު އިއުލާންކުރިނަމަވެސް، ޕާކިސްތާނަށް ދޭ ހުރިހާ ސަލާމަތީ އެހީއެއް ކަނޑާލާނެކަމަށް އެމެރިކާއިން މިދިޔަ ޖެނުއަރީ މަހު ވަނީ އިއުލާންކޮށްފައެވެ. 

މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕާކިސްތާނުން އެމެރިކާގެ އެހީ ހޯދުމަށްފަހު އެމެރިކާއަށް އޮޅުވާލަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނަކީ ހަނގުރާމަވެރިންނަށް ރައްކާތެރި މާހައުލެކެވެ. އަދި އެޤައުމުގައި ތިބެގެން ސަރަހައްދީ ރޮނގު ހުރަސްކޮށް އަފްޣާނިސްތާނަށް ހަނގުރާމަވެރިން ހަމަލާދެމުންދާކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ޕެންޓަގަންއިން ވަނީ ހައްޤާނީ ނެޓްވޯކާއި، ޕާކިސްތާނުގެ ޠާލިބާނުން ހުއްޓުވުމަށް ޕާކިސްތާނަށް ނުކުޅެދިފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާއިން ވަނީ އެއްވެސް ތަފާތުކުރުމެއް ނެތި ހުރިޙާ ޓެރަރިސްޓް ގްރޫޕްތަކާއި ދެކޮޅަށް ހަނގުރާމަކުރުމަށް ޕާކިސްތާނަށް ގޮވާލާފައެވެ. 

އެމެރިކާއިން ޕާކިސްތާނަށް ދޭ އެހީގެ ތެރެއިން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ކަނޑާލާފައިވާކަން އިއުލާންކޮށްފައި މިވަނީ ޕާކިސްތާނުގެ އައު ބޮޑުވަޒީރު އިމްރާން ޚާންއާއި ބައްދަލުކުރެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިސްލާމްއާބާދަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. 

ޕާކިސްތާނަށް ދޭ އަސްކަރީ އެހީ ކަނޑާލުމަށް އެމެރިކާއިން ނިންމިއިރު، ހުކުރު ދުވަހު އެމެރިކާއިން ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދގެ ޖަމްއިއްޔާ، ޔޫއެން ރިލީފް އެޖެންސީއަށް ދެމުންދާ އެހީވެސް ކަނޑާލާފަައެވެ.

- ކޮމެންޓް