ކ. މާލެ
|
1 ސެޕްޓެންބަރ 2018 | ހޮނިހިރު 19:29
މަތިންދާބޯޓުގައި އަލިފާންރޯވެފައި
މަތިންދާބޯޓުގައި އަލިފާންރޯވެފައި
ޔޫޓިއުބް
މަތިންދާބޯޓު އެކްސިޑެންޓް
ބޯޓު ވެއްޓުނު ނަމަވެސް މައްސަލައެއް ނެތް: ފަތުރުވެރިޔަކު ވަނީ މަތިންދާބޯޓުގެ ވީޑިއޯއެއް ނަގާފައި
ދެ ފިޔައިގަ ވެސް އަލިފާން ވަނީ ރޯވެފައި
ބޯޓުގައި 164 ފަތުރުވެރިންނާއި 6 ފަޅުވެރިން ހުރި

ޖައްސަން އުޅެނިކޮށް ރަންވޭ މަތިން ކަހައިގެން ގޮސް އަލިފާން ރޯވެ ކައިރީގައި އޮތް ކޯރުގެ ތެރެއަށް ވެއްޓުނު ރަޝިޔާގެ މަތިންދާބޯޓުގެ ވީޑިއޯއެއް އެއާޕޯޓުގައި ހުރި ފަސިންޖަރަކު އޮންލައިންކޮށް ދޫކޮށްލައިފައެވެ.

"ބޯޓު ވެއްޓުނު، ނަމަވެސް އެއީ ދެން މާ ބޮޑު މައްސަލައެއް ނޫން ކަންނޭގެ" ސޮޗީ އެއާޕޯޓުގެ ރަންވޭ މަތިން ކަހާލައިގެން ގޮސް ކައިރީގައި އޮތް ކޯރަށް ވެއްޓުނު މަތިންދާބޯޓުގެ ފަސިންޖަރަކު ބުންޏެވެ. އެ ބޯޓުގައި އަލިފާން ރޯވެ، އޭގެ ދެ ފިޔައިގަ ވެސް އަލިފާން ވަނީ ރޯވެފައެވެ.

ހޮނިހިރު ދުވަހު ހިނގި އެ ނުރައްކާތެރި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ނުގެއްލޭ ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް 18 މީހަކު ވަނީ ޒަޚަމްވެފައެވެ. އެ ބޯޓު ދަތުރު ކުރީ ވެރިރަށް މޮސްކޯ އިން ސޮޗީ އަށެވެ. އެ ބޯޓުގައި 164 ފަތުރުވެރިންނާއި 6 ފަޅުވެރިން ތިއްބެވެ.

ޒަޚަމްވި ބައެއް މީހުންގެ ހަށިގަނޑުން ބޮޑު ބައެއް ވަނީ ފިހިފައެވެ. އަދި ބައެއް މީހުންނަށް ވިހަ ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. 

އެ ހާދިސާގައި ނުރައްކާތެރި އަނިޔާއެއް ލިބުނީ މީހުން ސަލާމަތް ކުރުމުގައި އުޅުނު އެއާޕޯޓުގެ އޮފިޝަލަކަށެވެ. އޭނާ ވަނީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ މަގު މަތީގައި މަރުވެފައެވެ.

- ކޮމެންޓް