އުރީދޫ އާއި ސެމްސަންގް ގުޅިގެން ހުކުރު ދުވަހުގެ ރޭ ސެމްސަންގް ގެލެކްސީ ނޯޓް 9 ރާއްޖޭގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ.
ސެމްސަންގް ނޯޓް 9 ގަތުމަށް އުރީދޫ ކަސްޓަމަރުންނަށް ވަނީ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން 6 މަސް ދުވަހަށް ނުވަތަ 1 އަހަރަށް ބަހާލެވިފައިވާ މި ޕެކޭޖުތައް މެދުވެރިކޮށް، މަހަކު 5 ޖީބީ އާއި ހަމައަށް ހިލޭ ޑޭޓާ ލިބި، ވަރަށް އަގުހެޔޮކޮށް ފޯނު ގަނެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
ހިލޭ ޖީބީ |
މަހުފީ (ރފ.) |
މުއްދަތު |
އިންސްޓޯލްމަންޓް ޕްލޭން |
5 ޖީބީ |
2,333 |
6 މަސް |
ގެލެކްސީ ނޯޓް9 128 ޖީބީ |
2 ޖީބީ |
1,167 |
12 މަސް |
|
5 ޖީބީ |
3,033 |
6 މަސް |
ގެލެކްސީ ނޯޓް9 512 ޖީބީ |
2 ޖީބީ |
1,517 |
12 މަސް |
އުރީދޫ އާއި އެއްފަދައިން ދިވެހިންނަކީވެސް އައު ޓެކްނޮލޮޖީތަކާއި އީޖާދީ އުފެއްދުންތަކަށް ލޯބިކުރާ ބަޔަކަށްވުމަކީ އުރީދޫ އަށް ލިބިފައިވާ ވަރަށް ވެސް ބޮޑު އުފަލެއް އަދި ނަސީބެއް. މިކަމަކީ، އެއް ދުވަހުން އަނެއް ދުވަހަށް ކުންފުނި ކުރިއަރުވައި، ބައިނަލްއަޤްވާމީ މާކެޓުތަކުގައި ތައާރަފްކުރާ އެންމެ ފަހުގެ އީޖާދީ އުފެއްދުންތައް ވީހާވެސް އަވަހަށް ރާއްޖެއަށް ގެނައުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް. ސެމްސަންގް އާއި އެކު ގެލެކްސީ ނޯޓް 9 ރާއްޖޭގައި ލޯންޗުކޮށް، މި ފޯނު ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް ފަސޭހަކޮށްދޭ ޚާއްސަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއްވެސް އުރީދޫ އިން ވަނީ ތައާރަފްކޮށްފައި. ކުރިއަށް އޮތްތަނުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނީ، ރާއްޖޭގެ އަދި ބޭރުގެ ޕާޓްނަރުންނާއި ގުޅިގެން، ދިވެހިރާއްޖެއަށް ފައިދާކުރާނެ އަދި ދިވެހިން ބޭނުންވާފަދަ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.
1,999ރ ގެ އަޕްފްރަންޓް ފީއަކާއެކު އުރީދޫ ޕޯސްޓްޕެއިޑް ބޭނުން ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް އިންސްޓޯލްމަންޓް ޕެކޭޖް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ލައިވް މިއުޒިކް ޝޯވއާއެކު ކުރިއަށް ގެންގޮސްފައިވާ ލޯންޗް އިވެންޓުގައި، އުރީދޫގެ ސީއީއޯ ނަޖީބް ޚާން އާއި ސެމްސަންގް އިލެކްޓްރޯނިކްސްގެ ޖެނެރަލް މެނޭޖަރ އަދި ހެޑް އޮފް މޮބައިލް ބިޒްނަސް އާއި ޑައިރެކްޓަރ އޮފް މޮބައިލް، ވައި.ކޭ. ވަންގް ވަނީ ބައިވެރިވެވަޑައިގެންފައެވެ.