ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 11:12
ހަނީފް އަޓްމަރް (ކ) އެމެރިކާގެ އެމްބެސަޑަރާއެކު
ހަނީފް އަޓްމަރް (ކ) އެމެރިކާގެ އެމްބެސަޑަރާއެކު
ރޮއިޓަރސް
އަފްޣާނިސްތާންގެ ސަރުކާރު
އަފްޣާނިސްތާނުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
އަންނަ އިންތިހާބުގައި އޭނާ ވާދަކުރެއްވުމަކީ އެކަށީގެންވާ ކަމެއް

އަފްޣާނިސްތާނުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ހަނީފް އަޓްމަރު އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ. 

އެގައުމުގެ ރައީސް އަޝްރަފް ޣަނީގެ ސްޕޯކްސްޕާސަން ހާރޫން ޗަކަންސޫރީ ވަނީ މިކަން ރޮއިޓަރސްއަށް ކަށަވަރުކޮށްދީފައެވެ. ހާނިފް އެމަގާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް އޭނާގެ އިސްތިއުފާގެ ސިޓީގައި އަފްޣާން ސަރުކާރުގެ ނިންމުންތަކާއި ހިތްހަމަނުޖެހުން ފާޅުކޮށް ހިޔާލު ތަފާތުވުންތަކެއް ހުރިކަން ހާމަކޮށްފައިވާ ކަމަށް ރޮއިޓަރސްއިން ބުނެފައިވެއެވެ.

އަފްޣާން ސަރުކާރުގައި ހަނީފްއާއެކު ގާތުން މަސައްކަތްކުރި ސީނިއަރ އޮފިޝަލަކު ވިދާޅުވެފައިވަނީ 2019 ވަނަ އަހަރު އެގައުމުގައި އޮންނަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަޝްރަފް ޣަނީއާއި ވާދަކުރެއްވުމަށް އޭނާ ނިންމަވާފައިވާ ކަމަށެވެ. 2014 ވަނަ އަހަރު އަޝްރަފް ޣަނީ ރައީސް ކަމުގެ ހުވާކުރެއްވުމާއެކު އެގައުމުގައި ހުންނެވި ދެވަނައަށް އެންމެ ބާރުގަދަ ސަރުކާރު އޮފިޝަލަކީ ހަނީފްއެވެ. 

އޭނާ ވަނީ މީގެކުރިން ހާމިދު ކަރްޒާއީގެ ވެރިކަމުގައި އިންޓީރިއަރ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. 

ބެލެވޭ ގޮތުގައި އޭނާ އިސްތިއުފާ ދެއްވި މައިގަނޑު އެއް ސަބަބަކީ ރަޝިއާއިން އިސްނަގައިގެން ތާލިބާނުންނާއެކު ބޭއްވުމަށް ނިންމި ސުލްހައިގެ މަޝްވަރާގައި ބައިވެރިވުމަށް އަޝްރަފްގެ ސަރުކާރުން ދެކޮޅު ހެއްދެވުމުންނެވެ. 

ހަނީފްގެ ބަދަލުގައި އަޝްރަފް ވަނީ އެމަގާމަށް އެމެރިކާއަށް އެގައުމުން ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސަޑަރު ހަމްދުﷲ މޮހިބް އެމަގާމަށް އައްޔަނުކޮށްފައެވެ. 

- ކޮމެންޓް