23 އޮގަސްޓްގައި ޗައިނާގެ އިތުރު އުފެއްދުންތަކުން އިމްޕޯޓް ޑިއުޓީ ނަގަން ފެށުމާއެކު ޗައިނާ އިން އެމެރިކާއަށް އިންޒާރު ދީފިއެވެ.
ޗައިނާ އިން ބުނެފައިވަނީ އެމެރިކާ އިން އިމްޕޯޓް ޑިއުޓީ ނަގާނަމަ، އެއާ އެއްވަރުގެ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޗައިނާގެ އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން އެމެރިކާއިން ޑިއުޓީ ނަގަން އެމެރިކާ އިން ފަށާފައިވާއިރު ޑިއުޓީ ނަގަން ފެށި މުދަލުގެ ތެރޭގައި މޮޓޯ ސައިކަލުވެސް ހިމެނެއެވެ.
ޖުލައި މަހުގެ ތެރޭގައި އެމެރިކާ އިން ވަނީ ޗައިނާގެ 34 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގަން ފަށާފައެވެ. އަދި ދެވަނަ ބުރުގައި ޑިއުޓީ ނަގަން ފެށި މުދަލާއެކު މިހާރު ޗައިނާގެ 50 ބިލިއަން ޑޮލަރުގެ މުދަލުން 25 އިންސައްތައިގެ މުދަލުން އެމެރިކާ އިން ދަނީ ޑިއުޓީ ނަގަމުންނެވެ. އެމެރިކާގެ ފިޔަވަޅުތަކާއެކު ޗައިނާ އިން ވެސް ވަނީ އެމެރިކާގެ 50 ބިލިއަން ޑޮލަރުގެ މުދަލުން 25 އިންސައްތައިގެ ޑިއުޓީ ނަގަމުންނެވެ.
ޗައިނާގެ އިތުރު މުދަލުން ޑިއުޓީ ނަގަން ފަށާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފައިވާއިރު މިފަހަރު 200 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގާނެ ކަމަށް އެމެރިކާ އިން ބުނެއެވެ.
ޗައިނާގެ ހުރިހާ މުދަލަކުން ޑިއުޓީ ނަގަން ފަށާނެ ކަމުގެ އިންޒާރު ވެސް އެމެރިކާ އިން ވަނީ ޗައިނާ އަށް ދީފައެވެ.
މި މައްސަލަ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް މައްސަލަ ހުށަހަޅާނެ ކަމަށް ޗައިނާ އިން ވަނީ ބުނެފައެވެ.