ކ. މާލެ
|
24 އޯގަސްޓް 2018 | ހުކުރު 09:31
ޔަމަނުގައި ކުރަމުންދާ ހަނގުރާމައިގައި އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައި
ޔަމަނުގައި ކުރަމުންދާ ހަނގުރާމައިގައި އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައި
ގޫގުލް
ޔަމަނުގެ ހަނގުރާމަ
ސައުދީގެ ކޯލިޝަނުން އާންމުންގެ 26 މަރާލައިފި ކަމަށް ހޫޘީން ބުނެފި
ހަމަލާ ދީފައިވަނީ އަހް ދުރޭހީމީ ޑިސްޓްރިކްޓަށް
ޔޫއޭއީ އިން ބުނަނީ ހޫޘީންގެ މިސައިލް ހަމަލާއެއްގައި ކުޑަކުއްޖަކު މަރުވެ އެތައް ބަޔަކު ޒަޚަމް ވެފައިވާ ކަމަށް

ސައުދީ ކޯލިޝަނުން ބުރާސްފަތި ދުވަހު ޔަމަނަށް ދިން ހަމަލާގައި އާންމުންގެ 26 މީހަކު މަރުވެފައިވާ ކަމަށް ހޫޘީން ބުނެފިއެވެ.

ހުޘީން މިހެން ބުނެފައިވާ އިރު ސައުދީ ކޯލިޝަންގެ މެންބަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރަސްމީ މީޑިއާ އިން ވެސް ވަނީ ހަމަލާއެއް ދިންކަން ކަށަވަރުކޮށްދީފައެވެ. 

ހޫޘީން ހަނގުރާމަވެރިން ބުނީ އަހް ދުރޭހީމީ ޑިސްޓްރިކްޓްގައި ސައުދީ ކޯލިޝަނުން ދިން ހަމަލާގައި 22 ކުދިންނާއި ހަތަރު އަންހެނުން މަރާލައިފާވާ ކަމަށެވެ. ނަމަވެސް ޔޫއޭއީ އިން ބުނީ އަހް ދުރޭހީމީ ޑިސްޓްރިކްޓްގައި ހޫޘީން ދިން މިސައިލް ހަމަލާއެއްގައި ކުޑަކުއްޖަކު މަރުވެ އެތައް ބަޔަކު ޒަޚަމް ވެފައިވާ ކަމަށެވެ.

އަހް ދުރޭހީމީ ޑިސްޓްރިކްޓް އޮންނާނީ ހުދައިފާގެ ރަށް ބޭރުން 20 ކިލޯ މީޓަރު ބޭރުގައެވެ.

ޔަމަނުގެ ސަރުކާރު ވެސް ހިމެނޭ ގޮތަށް ސައުދީ އިސްވެ އުފައްދާފައިވާ ކޯލިޝަނުން ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރާތާ ތިން އަހަރު ވަނީ ވެފައެވެ.

- ކޮމެންޓް