ޕޭރޫގެ ލީމާ ސިޓީގެ ޗާވެޒް އިންޓަނޭޝަނަލް އެއާޕޯޓަށް ކުރީ ފޮރޮޅާ ނުލާ މަތިންދާ ބޯޓެއް ވަރަށް ނުރައްކާތެރިކޮށް ޖައްސާފިއެވެ.
ޕޭރޫގެ އަޔާކޫޗޫ ސިޓީއަށް ދަތުރު ކޮށްފައި ދިޔަ އެލް.ސީ. ޕޭރޫ މަތިންދާބޯޓު 41323W ވައިގެތެރޭގައި އުދުހެމުން ދަނިކޮށް ކުރީ ފުރޮޅުގައި މައްސަލައެއް އުޅޭކަން އެގިގެން ވަނީ އަބުރާ އުދުއްސައިގަތް ޗާވޭޒް ސިޓީއަށް ޖައްސާފައެވެ.
މަތިންދާބޯޓު އެއާޕޯޓުގައި ޖެއްސީރު، ކުރީ ފުރޯޅާ ނުލާ ޖެއްސުމުގެ ސަބަބުން އޭގެ ކުރީކޮޅު ބިމުގައި ގޭނި ވަރަށް ބޮޑަށް އަލިފާން ކަނި ބުރާގެން ގޮސްފައިވެއެވެ. އޭގެ ކުރީ ފުރޮޅު ނުނިކުމެފައި ވަނީ އެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
LC Perú DHC-8-400 (N404AV) landed at Lima-J Chávez Intl Airport (SPIM) without its nosegear. Flight #W41323 was on approach to Ayacucho when the pilots received indication of a stuck nosegear and returned to Lima. All 59 + 5 on board safe. https://t.co/FWb4bKVYVG pic.twitter.com/triuO9f7rO
— JACDEC (@JacdecNew) August 20, 2018
މަތިންދާބޯޓުން ދަތުރުކުރި 59 އާންމުންނާއި 5 ފަޅުވެރިން ތިބީ ސަލާމަތުންކަމަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ.