އީދާއި ގުޅިގެން އަފްޣާނިސްތާނުގެ ރައީސް ތަގުރީރެއް ދެއްވަން ހުންނަވަނިކޮށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޑިޕްލޮމޭޓުން ތިއްބަވާ ސަރަހައްދަށް ހަނގުރާމަވެރިން ރޮކެޓް ހަމަލާއެއްދީފިއެވެ.
ރިޔާސީ ގަނޑުވަރުގެ ކައިރިން އެއްޗެއް ގޮވި އަޑުއިވުނުއިރު ރައީސް އަޝްރަފް ޣަނީ ގެންދެވީ ޓީވީ މެދުވެރިކޮށް އަޟުހާ އީދުގެ މުނާސަބާގައި ގައުމާއި މުޚާތަބުކޮށް ވާހަކަދައްކަވަމުންނެވެ.
އޭގެ އިރުކޮޅެއްފަހުން ކޮމްބެޓް ހެލިކޮޕްޓަރަކުންވަނީ ހަނގުރާމަވެރިން ބަނޑަހަ ޖަހައިގެން ތިބިކަމަށް ބެލެވޭ އިމާރާތަކަށް ހަމަލާ ދީފައެވެ.
ރައީސް ޣަނީވަނީ ހަމަލާ ބަދަލުކުރުން އީދަށް މެދުކަނޑާލާފައި އޮތް އޮތުމާ ތާލިބާނުން ދެކޮޅު ހަދާފައިވާކަމަށް ވިދާޅުވެފައެވެ.
ހަމަލާ އަމާޒުވި ސަރަހައްދު އަފްޣާނިސްތާނުގެ ފައުޖުތަކުން ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު ހަމަލާ ދީފައިވަނީ ކޮން ބައެއްކަމެއް އަދި ހަމަލާގައި އެއްވެސް މީހަކަށް ހާނިއްކައެއް ލިބުނުކަމެއް ކަށަވަރެއް ނުވެއެވެ.
ތާލިބާނުންނާއި އައިއެސްޖަމާއަތުގެ ނަމުގައި އުޅެމުންދާ ޖަމާއަތުން މި މަހު ދިން ހަމަލާތަކުގައިވެސް އެތައް ސަތޭކަ މީހުންވަނީ މަރުވެފައެވެ.