ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 22:36
ޕިއްޒާބޯނާގެ އީދު ޕްރޮމޯޝަން
ޕިއްޒާބޯނާގެ އީދު ޕްރޮމޯޝަން
ރާއްޖެއެމްވީ
ޕިއްޒާބޯނާ
އީދު ތެރޭ ޕިއްޒާބޯނާގެ ޕިއްޒާއެއް އެންމެ 99 ރުފިޔާއަށް!
ރެގިއުލާ ފްލޭވާޒްގެ ޕިއްޒާ ލިބެނީ 99ރ އަަށް
ޕްރޮމޯޝަން ކުރިއަށްދާނީ އޮގަސްޓް 23 އަށް
ޕިއްޒާބޯނާގެ އެޕުން ވެސް އޯޑަރ ކޮށްލެވޭނެ ޕިއްޒާއަށް
ޕިއްޒާބޯނާގެ އެޕުން ވެސް އޯޑަރ ކޮށްލެވޭނެ ޕިއްޒާއަށް

މި އީދު ތެރޭގައި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ޕިއްޒާބޯނާގެ ފަރާތުން އީދު ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އޮގަސްޓް 21 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 23 ވަނަ ދުވަހާއި ހަމައަށެވެ. ޕިއްޒާބޯނާގެ ފަރާތުން ބުނީ ޕްރޮމޯޝަން ތެރޭގައި "ރެގިއުލަރ" ފްލޭވަރޒްގެ ޕިއްޒާ 99 ރުފިޔާއަށް ލިބިގެންދާނެ ކަމަށާއި "ރެގިއުލަރ" ފްލޭވަރގެ ތެރޭގައި 30 އަށްވުރެ ގިނަ ފްލޭވާޒް ހިމެނޭ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕިއްޒާބޯނާގެ ސޭލްސް އެންޑް މާކެޓިންގ ޑައިރެކްޓަރ އަލީ ވިދާޅުވީ މިކަހަލަ ޕްރޮމޯޝަނެއް ކުރިއަށްގެންދަން ނިންމީ އީދު ތެރޭގައި ކަސްޓަމަރުންނަށް ފިއްޒާބޯނާގެ ފަރާތުން ހެޔޮ އަގެއްގައި ޕިއްޒާ ލިބޭނެ މަގު ފަހި ކުރުމަށް ކަމަށާއި ޕިއްޒާބޯނާގެ އެޕްލިކޭޝަން މެދުވެރިކޮށް ޕިއްޒާށް އޯޑަރކޮށް، މޭނޫ ބެލުމުގެ އިތުރުން ޕިއްޒާ ކަސްޓަމައިޒް ކޮށްލެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ތެރޭގައި ހިލޭ ޑެލިވަރީކޮށްދޭއިރު ޕިއްޒާ އާއެއްކޮށް 500 އެމްއެލް ކޯކް ފުޅިއެއް ހިލޭ ލިބިގެންދާނެއެވެ.

މާދަމާ (އޮގަސްޓް 21 ވަނަ ދުވަހު) ޕިއްޒާބޯނާ ހުޅުވިފައި ހުންނާނީ މެންދުރު 2 އަކުން ދަންވަރު 12 އަށެވެ. އަދި އޮގަސްޓް 22 ވަނަ ދުވަހާއި 23 ވަނަ ދުވަހު ހުޅުވިފައި ހުންނާނީ ހެނދުނު 10.30 އިން ދަންވަރު 12 އަށެވެ. މި ޕްރޮމޯޝަންއާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށާއި ޕިއްޒާއަށް އޯޑަރ ކުރުމަށް 3009779 ނަންބަރަށް ގުޅުމަށް ޕިއްޒާބޯނާ އިން ވަނީ އެދިފައެވެ.

ޕިއްޒާބޯނާ އިން އިތުރަށް ބުނީ އީދު ބަންދަށްފަހު އެފަރާތުގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވިގެންދާނެ ކަމަށެވެ.

ޕިއްޒާބޯނާގެ ޕިއްޒާއަކީ އާންމުންގެ މެދުގައި މަޤްބޫލު ޕިއްޒާއެކެވެ.

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް