ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 02:26
އާސިފް އަލީ ޒަރްދާރީ
އާސިފް އަލީ ޒަރްދާރީ
ގެޓީ އިމޭޖަސް
ޮޕާކިސްތާން
ޕާކިސްތާނުގެ ކުރީގެ ރައީސް ހައްޔަރު ކުރުމަށް ކޯޓުން އަމުރު ކޮށްފި
އާސިފް ޒަރުދާރީ ވަނީ 2008 އިން 2013 އަށް ޕާކިސްތާނުގެ ރައީސްކަން ކުރައްވާފައި

ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރްދާރީ 63، އާއި އެގައުމުގެ އިތުރު 15 މީހަކު ހައްޔަރު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

އާސިފް އާއި އިތުރު 15 މީހުން ހައްޔަރު ކުރަން ޕާކިސްތާނުގެ ކޯޓަކުން އަމުރު ނެރެފައި ވަނީ ފޭކު އެކައުންޓުތަކެއް ބޭނުންކޮށްގެން 35 ބިލިއަން ރުޕީސް ލޯންޑަރ ކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަންގެ އެދުމަކަށް ކޯޓުން އަމުރު ނެރުނީ އަންނަ ސެޕްޓެމްބަރު މަހުގެ 4 ގެ ކުރިން އާސިފް އާއި އިތުރު 15 މީހުން ހައްޔަރު ކުރުމަށެވެ.

ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި އާސިފްގެ މައްޗަށް ކުރަނީ 2015 ވަނަ އަހަރު 29 އެކައުންޓެއް ބޭނުންކޮށްގެން މަނީ ލޯންޑަރ ކުރަން މަސައްކަތް ކުރުމުގެ ތުހުމަތު ކަމަށެވެ. މިދިޔަ އާއްމު އިންތިހާބުގައި ޒަރުދާރީވަނީ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރައްވާފައެވެ.

މީގެ ކުރިންވެސް ޒަރުދާރީ އާއި އަނބިކަނބަލުން އަދި ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ މައްޗަށް ވަނީ 12 މިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގެ މައްސަލައެއްގެ ތަހުމަތުކޮށް 1998 ވަނަ އަހަރު ކޯޓަށް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ މައްސަލާގައި އެކަށީގެންވާ ހެކި ނެތުމުން ކޯޓުން އެ މައްސަލަ ވަނީ މިދިޔަ އަހަރު ދޫކޮށްލާފައެވެ.

އާސިފް ޒަރުދާރީ ވަނީ 2008 އިން 2013 އަށް ޕާކިސްތާނުގެ ރައީސްކަން ކުރައްވައިފައެވެ.

- ކޮމެންޓް