ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 18:14
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަތަލް ބިހާރީ ވަޖްޕާއީ
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަތަލް ބިހާރީ ވަޖްޕާއީ
ގެޓީ އިމޭޖަސް
އަތަލް ބިހާރީ ވަޖްޕާއީ
އަތަލް ބިހާރީ ވަޖްޕާއީ އަވަހާރަވެއްޖެ
އަތަލް ބިހާރީ ވަޖްޕާއީ އަވަހާރަވިއިރު އޮންނެވީ ލައިފް ސަޕޯޓުގައި

ބުދަ ދުވަހުގެ ރެއިން ފެށިގެން ލައިފް ސަޕޯޓުގެ އެހީގައި އޮންނެވި އިންޑިއާގެ ކުރީގެ ބޮޑު ބަޒީރު އަތަލް ބިހާރީ ވަޖްޕާއީ ބުރާސްފަތި ދުވަހު އަވަހާރަވެއްޖެއެވެ. 

މިދިޔަ ޖޫން މަހުން ފެށިގެން، އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އެއިމްސް) ގައި، އެޑްމިޓުކޮށްފައި އޮންނެވި ވަޖްޕާއީ އަވަހާރަވީއިރު އުމުރުފުޅަކީ 93 އަހަރެެވެ. ވަޖްޕާއީއަކީ އިންޑިއާގެ ބާރަތިޔާ ޖަނަތާ ޕާޓީއަށް ނިސްބަތްވާ، އަދި އެޕާޓީއަށް ނިސްބަތްވާ، އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރި ފުރަތަމަ ބޭފުޅާ އެވެ. ވަޖްޕާއީ އިންޑިއާގެ ބޮޑުވަޒީރުކަން ތިން ފަހަރެއްގެ މަތިން ކުރައްވައިފާއިރު، އެއީ 1996 ވަނަ އަހަރު 13 ދުވަހަށާއި، 1998 ވަނަ އަހަރުން ފެށިގެން 13 މަހަށާއި އަދި 1999 އިން ފެށިގެން ހަ އަހަރަށެވެ.

ވަޖްޕާއީ އަކީ ހަކުރު ބަލީގެ ޕޭޝަންޓަކަށްވާއިރު، އެމަނިކުފާނުގެ، ފަންކްޝަން ކުރަނީ އެންމެ ކިޑްނީއެކެވެ. 2009 އެއްގައި އެމަނިކުފާނަށް ސްޓްރޯކެއް ޖެހިފައިވާއިރު، އެ ސްޓްރޯކުގެ ސަބަބުން އެމަނިކުފާނުގެ ކޮގްނިޓިވް އެބިލިޓީސްތައް ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އަދި ފަހުން ޑިމެންޝިއާ ވެސް އެމަނިކުފާނަށް ޖެހިފައިވެއެވެ. 

ވަޖްޕާޔީއަށް 1994 ވަނަ އަހަރު ގާނޫނު ހަދާ މަޖިލީހުގެ ބެސްޓް ޕާލަމެންޓޭރިއަންގެ ލަގަބު ލިބިވަޑައިގެންނެވިއެވެ. އިންޑިއާގެ އެންމެ މަތީ މަދަނީ ޝަރަފު، ބާރަތު ރަތުނާވެސް 2015 ވަނަ އަހަރު ލިބިވަޑައިގެންނެވި ވަޖްޕާއީގެ ސިއްހީ ހާލުކޮޅު ދަށަށްދާން ފެށުމާ ގުޅިގެން އެމަނިކުފާނު ވަނީ ފަބްލިކް ލައިފުން މަޑުމަޑުން ދުރަށް ޖެހިވަޑައިގެންފައެވެ. 

 

- ކޮމެންޓް