ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 11:17
ނިއުޒިލެންޑްގައި ގެދޮރުގެ އަގު ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެވްރެޖްކޮށް 60 އިންސައްތަ އުފުލިފައިވޭ
ނިއުޒިލެންޑްގައި ގެދޮރުގެ އަގު ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެވްރެޖްކޮށް 60 އިންސައްތަ އުފުލިފައިވޭ
ބީބީސީ
ރިއަލް އެސްޓޭޓް
ބޭރުގެ ފަރާތްތަކަށް ގެދޮރު ވިއްކުން ނިއުޒިލޭންޑްގައި މަނާކޮށްފި
ބިލް ފާސްކުރުމަށް 63 މެމްބަރުން އަދި ދެކޮޅަށް 57 މެމްބަރުން ވޯޓް ދެއްވި
ޖޫން މަހު ވިއްކި ގެދޮރުގެ 82 އިންސައްތަ ގަނެފައިވަނީ ނިއުޒިލޭންޑްގެ ރައްޔިތުން

ނިއުޒިލޭންޑްގައި ގެދޮރުގެ އަގު ހެޔޮކުރުމަށްޓަކައި ބޭރުގެ ގިނަ ގައުމުތަކެއްގެ ރައްޔިތުންނަށް މިހާރު ހުރި ގެތައް ނުގަނެވޭނެ ގޮތަށް ނިންމައި އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

މި ފިޔަވަޅު ހަމައެކަނި އެޅިގެންދަނީ އެ ގައުމުގައި ދިރިއުޅެމުން ނުދާ ފަރާތްތަކަށެވެ. އޮސްޓްރޭލިއާއާއި ސިންގަޕޫރަކީ ނިއުޒިލެންޑާއިއެކު ފްރީ-ޓްރޭޑް އެއްބަސްވުން ހަދާފައިވާ ދެ ގައުމުކަމަށްވާތީ އެ ދެ ގައުމު މި ގާނޫނުން އިސްތިސްނާވެއެވެ.

ނިއުޒީލޭންޑްގައި ގެދޮރުގެ އަގު އުފުލި އެތައް ބަޔަކަށްވަނީ އަމިއްލަ ގެދޮރު ނުލިބިއެވެ.

އިންޓްރެސްޓް ރޭޓް ދަށްވުމާއި،ގެދޮރު އަޅާފައިވާ މިންވަރު މަދުވުމާއި،އިމިގްރޭޝަންގެ ސަބަބުން ވޭތުވެ ދިޔަ އަހަރުތަކުގައި ގެދޮރުގެ އަގުވަނީ އުފުލިފައެވެ.

 ނިއުޒިލޭންޑުން މި ނިންމުން ނިންމާފައިވަނީ އޯވަސީސް އިންވެސްޓްމެންޓް ބިލަށް ގެނައި ބަދަލެއްގެ ތެރެއިންނެވެ. ބުދަ ދުވަހު ނެގި ވޯޓްގައި ބިލް ފާސްކުރުމަށް 63 މެމްބަރުން ވޯޓް ދެއްވާފައިވާއިރު ދެކޮޅަށް 57 މެމްބަރުން ވޯޓް ދެއްވާފައިވެއެވެ.

ނިއުޒިލޭންޑުން އެންމެ ގިނައިން ޕްރޮޕަރޓީ ގަންނަނީ ޗައިނާގެ ރައްޔިތުންނެވެ.

މީގެ އިތުރުން ނިއުޒިލޭންޑުން އެންމެ ގިނައިން ގެދޮރު ގަންނަ ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ މުއްސަނދިން ވެސް ހިމެނެއެވެ.

ނިއުޒިލެންޑްގައި ގެދޮރުގެ އަގު ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެވްރެޖްކޮށް 60 އިންސައްތަ އުފުލިފައިވާއިރު، އަދި  އޯކްލަންޑްގައި މި އަދަދުވަނީ ދެގުނަ ބޮޑުވެފައެވެ. ނަމަވެސް ވޭތުވެ ދިޔަ ދެތިންމަހު ގެދޮރުގެ ވިޔަފާރިއަށްވަނީ ކުޑަ ފިނިކަމެއް ލިބިފައެވެ.

ރިއަލް އެސްޓޭޓް އިންސްޓިޓިއުޓް އޮފް ނިއުޒީލެންޑްގައިވާގޮތުން ދިރިއުޅުމަށް ވިއްކާ ގެދޮރުގެ އަގު ޖުލައި މަހު އެގައުމުގައި އެވްރެޖްކޮށް ހުރީ 550،000 ނިއުޒިލޭންޑް ޑޮލަރު(360،500 އެމެރިކާ ޑޮލަރު)ގައެވެ.

ޖޫން މަހު ވިއްކި ގެދޮރުގެ 82 އިންސައްތަ ގަނެފައިވަނީ ނިއުޒިލޭންޑްގެ ރައްޔިތުންކަމަށްވާއިރު ގައުމުން ބޭރުގެ ފަރާތްތައް ގެދޮރު ގަނެފައިވާ ނިސްބަތް ތިން އިންސައްތައަށް ވެސް ނާރައެވެ.

 

- ކޮމެންޓް