ޒިމްބާވޭގެ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.
މޫވްމަންޓް ފޯ ޑިމޮކްރަޓިކް ޗޭންޖް (އެމްޑީސީ) އިއްތިހާދުން ބުނެފައި ވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ އޮޅުުވާލައި މިހާރު ހުންނެވި ރައީސް އަދި ޒަނޫ-ޕީއެފް ޕާޓީގެ ރައީސް އެމަރސަން ނަންގަގްވާއަށް ނަތީޖާ ފަހިކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނީ ޓީމުން ކާމިޔާބުކަމާ އެކު މައްސަލަ ކޯޓަށް ވައްދައިފި. އަޅުގަނޑުމެންގެ އެބަ އޮތް ރަނގަޅު މައްސަލައެއް އަދި މިސްރާބެއް،" އެމްޑީސީގެ ލީޑަރ އަދި އިދިކޮޅު މައި ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ނެލްސަން ޗެމީސާ ޓްވިޓަރގައި ވިދާޅުވެފައި ވެއެވެ.
ވެރިރަށް ހަރާރޭގައި ހުންނަ ދުސްތޫރީ ކޯޓަށް މައްސަ ވެއްދުމަށް އެމްޑީސީގެ ވަކީލުން ވަޑައިގެންފައި ވަނީ ޕްލާސްޓިކް ފޮށިފޮށި ފުރައި ޑޮކިއުމެންޓް ހިފައިގެންނެވެ.
"އަޅުގަނޑުމެން ހުއްޓާލާނީ މިގައުމު މިނިވަންކޮފައި" އެމްޑީސީގެ ޗީފް އިލެކްޝަން އޭޖެންޓް ޖޭމްސަން ޓިމްބާ ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ޒިމްބާބުވޭގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވޯޓްލީ މީހުންގެ 50.8 އިންސައްތަ ވޯޓާ އެކު މިހާރުގެ ރައީސް އެމަރސަން ނަންގަގްވާ އިންތިޚާބު ކާމިޔާބުކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ޗެމީސާއަށް ލިބިވަޑަައިގެންްފައި ވަނީ 44.3 އިންސައްތަ ވޯޓެވެ.