ކ. މާލެ
|
9 އޯގަސްޓް 2018 | ބުރާސްފަތި 19:53
ބޯޓް އޮޕަރޭޓަރސް ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިން
ބޯޓް އޮޕަރޭޓަރސް ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިން
އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
އެލިއާ
ބޯޓް އޮޕަރޭޓަރސް ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކީ ނިންމާލައިފި
މިއީ އެލިއާ އިން ޓްރެއިންގް ޕްރޮގްރާމް ބާއްވާ 5 ވަނަ އަހަރު
މި ޓްރެއިންގް ޕްރޮގްރާމަކީ ލޯންޗްތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެއް
44 ފަރާތަކުން ބައިވެރިވެފައިވޭ

އެލިއާ އިންވެސްޓްމަންޓްސް އާއި މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ބޭއްވި ބޯޓް އޮޕަރޭޓަރސް ޓްރެއިނިންގ ޕްރޮގްރާމެއް ނިންމާލައިފިއެވެ.

މި ޓްރެއިންގް ޕްރޮގްރާމަކީ ލޯންޗްތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށްގެން ބޭއްވި ޓްރެއިނިންގް ސެޝަންތަކެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް ފަސްޓް އެއިޑް، ފަޔަރ ފައިޓިންގެ އިތުރުން އައުޓްބޯރޑް އިންޖީނާއި ބެހޭ މައުލުމާތާއި، ކަނޑުމަތީ ދިމާވެދާނެ ނުރައްކާތަކާއި ދިމާވާ ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކަކީ ކޮބައިކަން ވަނީ ކިޔަވައިދީފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގް ޕްރޮގްރާމް ފައްޓައިދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހެއިރުއެވެ.

އޯގަސްޓް 7 ވަނަ ދުވަހު ޓްރެއިނިންގް ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެލިއާގެ ޖެނެރަލް މެނޭޖަރ އަހްމަދު ސައީދު ވިދާޅުވީ އެލިއާ އިން ދަނީ ޔަމަހާގެ ފަހުގެ އުފެއްދުންތައް ރާއްޖެއަށް ގެންނަމުން ކަމަށާއި އަދި މި އަހަރުގެ ތެރޭގައި ދިރާސާތަކެއް ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެލިއާގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީ ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ސާފު ވެއްޓެއް ގޮތުގައި ބޭއެވުމަށް ހުރިހާ ބައިވެރީންނަށް އިލްތިމާސް ކޮށްފައެވެ.

މި ޓްރެއިނިންގް ސެޝަންތަކުގައި ބައިވެރިވުމަށްޓަކައި ޔަމަހާގެ އޯވަރސީސް މާރކެޓް ޑިވެލޮޕްމަންޓް އޮޕަރޭޝަންސް ގްރޫޕް މެނޭޖަރ އޮޓްސޫކީ ކެންޖީ ރާއްޖެއަށް ވަޑައިގެންފައެވެ.

މި ޓްރެއިނިންގް ސެޝަންގައި އެކި ރިސޯޓްތަކުންނާއި ކަނޑު އުޅަނދު ފަހަރު ގެންގުޅޭ އެކި ކުންފުނި އަދި ސަރުކާރުގެ ބައެއް އިދާރާތައް ވަނީ ބައިވެރިވެފައެވެ. މިއީ އެލިއާ އިން ޓްރެއިންގް ޕްރޮގްރާމް ބާއްވާ ފަސް ވަނަ އަހަރެވެ.

އެލިއާ އިން ޔަމަހާ އައުޓްބޯޑް އިންޖީނު ރާއްޖޭގައި ވިއްކާތާ ވަނީ 44 އަހަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް