ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 15:31
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރި މީހަކު އަރަފާތު ބިމުގައި ދުއާ ކުރަނީ
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރި މީހަކު އަރަފާތު ބިމުގައި ދުއާ ކުރަނީ
ރޮއިޓަރސް
ހައްޖުގެ މާތް އަޅުކަން
ހައްޖުގެ އަޅުކަމަށް ސައުދީއަށް ދަތުރުކުރި މީހުންގެ އަދަދު ހަތްލައްކައަށް
މިދިޔަ އަހަރު 2.35 މިލިއަން މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރި ވެފައިވޭ

ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް އެކި ގައުމުތަކުން މިހާތަނަށް ހަތް ލައްކައަށްވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ސައުދީގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ޕާސްޕޯޓްސްއިން ހާމަކޮށްފައިވާ ގޮތުގައި އެއްގަމާއި ވައި އަދި ކަނޑުމަގުން އެގައުމަށް 719،385 ހައްޖުވެރިން ވަނީ އެތެރެވެފައެވެ. އޭގެތެރޭގައި ހިމެނެނީ ވައިގެމަގުން 698،832 ސައުދީއަށް ދިޔަ މީހުންނާއި އެއްގަމު މަގުން އެ ގައުމަށް ދިޔަ 12،159 މީހުންނާއި އަދި ކަނޑުމަގުން އެ ގައުމަށް ދިޔަ 8،394 މީހުންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މިއަދަދު އިތުރުވާނެކަމަށް ސައުދީން ބުނެއެވެ.

މިދިޔަ އހަރު ހައްޖުގެ މަތިވެރި އަޅުކަމުގައި ސައުދީ އާއި ސައުދީން ބޭރުން ޖުމްލަ 2.35 މިލިއަން މީހުން ބައިވެރިވެފައިވެއެވެ. 

- ކޮމެންޓް