ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 05:02
ބަންގްލަދޭޝްގެ ކިޔަވާ ކުދިން އަޑު އުފުލަމުން ގެންދަނީ
ބަންގްލަދޭޝްގެ ކިޔަވާ ކުދިން އަޑު އުފުލަމުން ގެންދަނީ
ބީބީސީ
ބަންގްލަދޭޝް
ޑާކާ ގައި ކުރަމުންގެންދާ މުޒާހަރާތަކުގައި 25 ކިޔަވާ ކުދިން ޒަޚަމްވެއްޖެ
ކިޔަވާ ކުދިން ގޮވާލަމުން ގެންދަނީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް

ބަންގްލަދޭޝްގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެގައުމުގެ ޒުވާނުން އިސްނަގައިގެން ވެރިރަށް ޑާކާ ގައި ކުރަމުން ގެންދާ މުޒާހަރާތަކުގައި، ހޮނިހިރު ދުވަހު 25 ދަރިވަރުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

މުޒާހަރާ ކުރަމުން ގެންދާތާ ހޮނިހިރު ދުވަހަށް ހަތް ދުވަސްވެފައިވާއިރު މުޒާހަރާ އަށް ނިކުމެ އުޅޭ ދަރިވަރުން ގެންދަނީ މަގުތަކުގެ ޓްރެފިކް ހުއްޓުވާ އަދި ވެހިކަލް ދުއްވާ ފަރާތްތައް ހުއްޓުވަމުންނެވެ. ޒަޚަމްވި ޒުވާނުން ޒަޚަމްކޮށްލީ ކޮން ބައެއް ކަމެއް ނޭނގޭއިރު، ބައެއް ރިޕޯޓުތައް ބުނާގޮތުން އެ ޒުވާނުން ޒަޚަމްކޮށްލީ ބަންގްލަދޭޝްގެ ރޫލިން ޕާޓީ އަށް ނިސްބަތްވާ ޒުވާނުންގެ ގްރޫޕެކެވެ. 

މުޒާހަރާ ކުރަމުން ގެންދާ ޒުވާނުން މަގުމަތީގެ ރައްކާތެރިކަމަށް އަޑުއުފުލަމުން ގެންދާއިރު، މިދިޔަ އާދީއްތަ ދުވަހު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ބަހެއްގައި ޖެހުމުގެ ސަބަބުން ކުޑަ ފިރިހެންކުއްޖަކާއި އަދި އަންހެން ކުއްޖަކު ވަނީ މަރުވެފައެވެ. 

ބަންގްލަދޭޝްގެ ދަތުުރުފަތުުރުކުރުމުގެ ނިޒާމުގައި ހަރާކާތްތެރިވާ ފަރާތްތަކުން މިފަހުގެ އެކި ތާރީޚްތަކުގައި މުޒާހަރާތައް ބާއްވާފައިވާއިރު، ސަރުކާރުން މިހާރު އެގައުމުގެ މަގުތަކުގައި މުޒާހަރާ ކުރަމުން ގެންދާ ޒުވާނުންނަށް ގޮވާލަމުން ދަނީ ދަރިވަރުން ސްކޫލަތަކަށް ރަނގަޅަށް ހާޒިރުވެ ކިޔެވުމުގައި ބައިވެރިވުމަށެވެ. 

ބަންގްލަދޭޝް އިން ލިބޭ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހޮނިހިރު ދުވަހު ކުރި މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ފުލުހުން ވަނީ ޓިއަރ ގޭހާއި ރަބަރު ބުލެޓްވެސް ބޭނުން ކޮށްފައެވެ. އެހެން ނަމަވެސް މިކަން ފުލުހުން ދޮގު ކުރެެއެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް