ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 12:32
މަލަހިނި ސޭންޑީ މިޝަންގެ ގޯލްޑް ޕާޓްނަރަކަށް އެލައިޑް ހަމަޖެއްސުމުގެ ރަސްމިއްޔާތުގެ ތެރެއިން
މަލަހިނި ސޭންޑީ މިޝަންގެ ގޯލްޑް ޕާޓްނަރަކަށް އެލައިޑް ހަމަޖެއްސުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެލައިޑް އިންޝުއަރެންސް
މަލަހިނި ސޭންޑީ މިޝަން
މަލަހިނި ސޭންޑީ މިޝަންގެ ގޯލްޑް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި
މިއީ އެލައިޑް ގޯލްޑް ޕާޓްނަރަކަށް ހަމަޖެއްސި ދެވަނަ ފަހަރު
ދުވުން ފަށާނީ މާދަމާ
ފައިދާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް

މަލަހިނި ކުޑަ ބަނޑޮސް ރިސޯޓް އިން ބޭއްވުމަށް ހަމަޖެހިފައިވާ ސޭންޑީ މިޝަން 2018 ގެ ގޯލްޑް ޕަރޓްނަރަކަށް އެލައިޑް އިންޝުއަރަންސް ހަމަޖައްސައިފިއެވެ.

މި މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމުގެ ޕާޓްނަރަކަށް ދެވަނަ ފަހަރަށް އެލައިޑް ހަމަޖައްސާފައިވަނީ މަލަހިނި ރިސޯޓުގައި އަންގާރަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މަލަހިނީގެ އިސްނެގުމުގެ މަތިން ބާއްވާ މި ދުވުމަކީ އެންމެ ފުރަތަމަ އެ ރިސޯޓުގެ އަހަރީ ދުވަހާއި ގުޅުވައިގެން ފެއްޓި ދުވުމެކެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން، އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ދުވުމުން ލިބޭ 100 އިންސައްތަ ނަފާ ހަދިޔާކުރަނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އާންމު ފަރުދުންގެ އެހީއަށް ބޭނުންވާ ޖަމާއަތްތަކަށާއި އެން.ޖީ.އޯ ތަކަށެވެ.

މިދިޔަ އަހަރު އެ ދުވުމުން ލިބުނު ސާފު ފައިދާ ހަދިޔާ ކޮށްފައިވަނީ ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގެ މެޑިކަލް ރޫމަކާއި ވިޒިޓިންގ ރޫމް އަދި ވޯރކަރސް ރޫމެއް އެޅުމަށެވެ. މި ވިސްނުމުގެ ދަށުން މިއަހަރުގެ ފައިދާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކަމުގައި މަލަހިނިން ވަނީ ބުނެފައެވެ.

އެލައިޑް އިންޝުއަރަންސްގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފު ވިދާޅުވީ ސޭންޑީ މިޝަންގެ ޕާޓްނަރަކަށް ވުމަށް އެލައިޑް އިންޝުއަރެންސް ކުންފުންޏަށް ދެވަނަ ފަހަރަށްވެސް ފުރުސަތު ދެއްވި ކަމަށްޓަކައި މަލަހިނީގެ މެނޭޖްމަންޓަށް ޝުކުރު ދަންނަވާ ކަމަށާއި މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުގެ ދުވުމަކީވެސް، އާންމުންގެ އެހީތެރިކަމާއިއެކު ކާމިޔާބު ދުވުމަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ނިއުޝާދު އިތުރަށް ވިދާޅުވީ އެލައިޑްގެ އިޖްތިމާއީ ޒިންމާ މަސައްކަތްތައް ބްރޭންޑް ކުރެވިފައިވާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ބައިވެރިވާ މި ދުވުމުގައި އެލައިޑް އިންޝުއަރަންސްގެ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް